ޖަސްޓް ކިއުޓް ގްރޫޕްގެ ފަރާތުން ބ. އޭދަފުށީގައި ހިންގަމުން އަންނަ ޖަސްޓް ކިއުޓް ދިރާގު މޯބައިލް ފިހާރައިގެ ތިޖޫރީ ތިންލައްކަ ރުފިޔާއާއެކު ވަގަށް ނަގައިފި އެވެ.
އެ ފިހާރައިގެ އެއް ހިއްސާދާރު އަހްމަދު އަސްލަމް ބުނީ ގާތްގަޑަކަށް ތިން ލައްކަ ރުފިޔާރައްކާކޮށްފައި ހުރި އެ ތިޖޫރީ ވަގަށް ގެންގޮސްފައިވަނީ ފިހާރައިގެ ދޮރުފަތްގަޑެއް ހަލާކުކޮށްލައިގެން ފިހާރަތެރެއަށްވަދެ ކަމަށެވެ. އަދި ތިޖޫރީ އާއެކު ފަސްދޮޅަސް ހާސް ރުފިޔާގެ ތަކެތިވެސް ވަގަށް ގެންގޮސްފައިވާ ކަމަށް އަސްލަމު ބުންޏެވެ.
އެ ތިޖޫރީތައް ވަގަށް ގެންދިޔަކަން އެނގުނީ ބުރާސްފަތި ދުވަހުގެރޭ ފިހާރަ ބަންދުކޮށް، މިއަދު މެންދުރުފަހު އެތަން ހުޅުވުމުންނެވެ.
މިމައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ސެކިޔުރިޓީ ސިސްޓަމް އަޅުވަބަލަ އޭރުން ފަޅަޔެއްނުލެވޭނެ 7905432 އަށް ގުޅާ