ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތައް ބ.އަތޮޅުން

ޓްރާންސްޓްޕޯޓް މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތައް ތައާރަފުކުރުމަށް ރޭ އޭދަފުށީގައި ބޭއްވި ބައްދަވުމުގެ ތެރެއިން
ޓްރާންސްޓްޕޯޓް މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތައް ތައާރަފުކުރުމަށް ރޭ އޭދަފުށީގައި ބޭއްވި ބައްދަވުމުގެ ތެރެއިން

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުންގެންދާ ބައެއް ހިދުމަތްތައް ބ.އަތޮޅު ކައުންސިލްގެ އިދާރާއިން ދޭގޮތަށް ހަމަޖައްސައިފިއެވެ. ރޭ ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ހަފްލާއެއްގައި މި ހިދުމަތްތައް އިފްތިތާހް ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމްއެވެ.

ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑި ތަކުގެ ތެރެއިން އެމިނިސްޓްރީން އަތޮޅުތަކުގައި ހިދުމަތް ފުޅާކުރުމުގެ ގޮތުން ބ.އަތޮޅުގައި ދޭގޮތަށް ހިދުމަތްތަކަކީ އެއްގަމާ ކަނޑުގެ އުޅަނދުގެ ރަޖިސްޓްރީ ހެދުމާއި ލައިސަންސް ދޫކުރުމުގެ ހިދުމަތާއި، ރޯޑްވާދިނަސް ބެލެހެއްޓުމުގެ ކަންތައްތަކާއި، ކަނޑު އުޅަނދުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން އޮޑީ ނަންބަރު ދޫކުރުމާއި، ޓެކްސީ އަދި ޑްރައިވަރުންގެ ހުއްދަ ހެދުމުގެ ހިދުމަތެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މި ހިދްމަތްތައް ޤާއިމްކުރެވުމުން ރަށާއި އަތޮޅުގެ ރައްޔިތުންނަށް މާލެ ނުގޮސް ލައިސަންސް ނެގުމުގެ ހިދުމަތްތައް ލިބޭނެކަމަށާއި، އަދި ލައިސަންސް ކާޑު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބޭނުންކުރެވޭނެކަމަށެވެ.

ހަފްލާގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ އާއްމު ދިރިއުޅުމާއި ގުޅިލާމެހިފައިވާ ކަންކަން ފަސޭހަކަމާއިއެކު ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް މުހިއްމު ވިސްނުންތަކެއް ގެންގުޅުއްވާކަމަށެވެ.

މިނިސްޓަރގެ ދަތުރުފުޅުގައި އިއްޔެ ވަނީ އޭދަފުށީ ފެރީ ޓާމިނަލްގެ ބިންގާވެސް އަޅުއްވާދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.