ދަތުރުފަތުރު އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފި

ޓްރާންސްޕޯޓް މިނިސްޓަރު އަމީން އޭދަފުށީގައި ހެދުމަށް ހަމަޖެހިފައިވާ ފެރީ ޓާމިނަލުގެ ބިންގާ އަޅުއްވައިދެއްވަނީ
ޓްރާންސްޕޯޓް މިނިސްޓަރު އަމީން އޭދަފުށީގައި ހެދުމަށް ހަމަޖެހިފައިވާ ފެރީ ޓާމިނަލުގެ ބިންގާ އަޅުއްވައިދެއްވަނީ

އެސް.އެމް.އެސް މެދުވެރިކޮށް އާއްމު ދަތުރުފަތުރު އަންގައިދޭ ނިޒާމެއް ޓްރާސްޕޯޓް މިނިސްޓްރީން ތައާރަފްކޮށްފިއެވެ. ރޭ ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހަފްލާއެއްގައި ރާއްޖޭ ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް މި ހިދުމަތް ތަޢާރަފް ކޮށްދެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމްއެވެ.

މިހިދުމަތާއި ތަޢާރަފް ކުރެވުމުން އެސް.އެމް.އެސްގެ ޒަރިއްޔާއިން އެދުވަހުގެ ދަތުރުތަކުގެ ޝެޑިއުލް ފޯނަށް ލިބޭނެއެވެ. މީގެ އިތުރުން ހަފްތާގެ ދުވަސްތަކުގެ ދަތުރު ޝެޑިއުލް މި ނިޒާމް މެދުވެރިކޮށް ބެލޭނެ އިންތިޒާމް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.

ޓްރާންސްޕޯޓް  މިނިސްޓަރ އަމީން އިބްރާހިމް ވިދާޅުވީ މި ހިދުމަތް ތަޢާރަފް ކުރެވުމުން ފަސޭހަކަމާއި އެކު ގޭގައި ތިއްބަވައިގެން ދަތުރުފަތުރުގެ ޝެޑިއުލް ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ބައެއް ދުވަސްދުވަހު ކަންދިމާކުރާގޮތުން ދަތުރުފަތުރުގެ ހިދުމަތް ހުއްޓޭކަމަށާއި، މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ނުކުރާ ދުވަސްދުވަހުވެސް ކޮންމެހެން ދަތުރުކުރަންޖެހޭ ބޭފުޅުންނަށް ގޭގައި މަޑުކުރެވެން ނޯންނަކަމަށެވެ. ނަމަވެސް ފެރީގެ އިންތިޒާރުގައި ބަނދަރުގައި މަޑުކުރަން ނުޖެހި މި ޤާއިމް ކުރެވުނު ހިދުމަތުން ފަސޭހަ ކަމާއިއެކު މި މަޢުލޫމާތު ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

ދަތުރުފަތުރުގެ މަޢުލޫމާތު ހޯދުމަށް އެސް.އެމް.އެސް ކުރަން ޖެހޭނީ 3434 ށެވެ.

FS(space)Atoll(space)Departure Island(space)Destination Island

FS(space)Atoll(space)Destination Island

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.