ޖަސްޓް ކިއުޓް މޯބައިލުން ފޭރިގަތް ތިޖޫރީ ހޯދައިފި

ޖަސްޓްކިއުޓް މޯބައިލު ފިހާރައިން ވަގަށްނެގި ތިޖޫރީ.
ޖަސްޓްކިއުޓް މޯބައިލު ފިހާރައިން ވަގަށްނެގި ތިޖޫރީ.

ބ. އޭދަފުށީ ޖަސްޓް ކިއުޓް މޯބައިލް ފިހާރަ ފަޅާލައި ރޭ ދަންވަރު ފޭރިގަތް އެ ފިހާރައިގެ ތިޖޫރީ އާއްމުންގެ ބަޔަކު ހޯދައިފި އެވެ.

ތިޖޫރީ ފޭރިގަތް އިރު އޭގައި ތިންލައްކައެއްހާ ރުފިޔާ ހުރި ކަމަށް އެ ފިހާރައިން ބުނެ އެވެ.

ތިޖޫރީ ހޯދި މީހުންގެ ތެރޭގައި ހިމެނޭ އާއްމުންގެ މީހަކު ބުނީ ތިޖޫރީ ފެނިފައި ވަނީ ހަވީރުގެ ވަގުތެއްގައި ރަށުގެ ބޯޅަދަނޑާ ދިމާ އަތިރިމަތީ ތެޔޮތާނގީތައް ކައިރިން ކަމަށެވެ. އަދި ތިޖޫރިއާއެކު ވަގަށްގެންދިޔަ ތަކެތިވެސް އެތަނުން ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.

“ތިޖޫރީ ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ ތެޔޮތާނގީތައް ކައިރީ ހުރި ގަސްތަކެއް ތެރެއިން. ތިޖޫރީ ހަލާކުކޮށްލަން ކުރި މަސައްކަތް ކާމިޔާބުނުވެ ހުރީ. އަދި އެތާ ދަނބަހެއްގައި ހުއްތާ ވަގަންނެތި ތަކެތިވެސް ވަނީ ފެނިފައި. އޭގެތެރޭގައި ހުރީ އެންމެ އަގުބޮޑެތި ފޯނުތައް. ދެން އަޅުގަނޑުމެން ވަގުތުން ފުލުހުންނަށް ރިޕޯޓްކުރީ، އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ތިޖޫރީ ފެނުނުތަނުން އެވަގުތު ޝައްކުކުރެވޭ ބަޔަކު ފެނުމުން އެމީހުންގެ ފޮޓޯއާއެކު ޕޮލިހަށް ވާނީ ހުށަހަޅާފައެވެ.

މިމައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައާގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އީޓީ އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތުގައި ބަޔަކުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.

ދިރާގުގެ ޑިސްޓްރިބިއުޓާ ފިހާރައެއްގެ ގޮތުގައި ހިންގަމުން އަންނަ ޖަސްޓްކިއުޓް މޯބައިލުގެ އޮފިޝަލަކު ބުނީ އެ ފިހާރައިގެ ތިޖޫރީ އާއި އަގުބޮޑު ސާމާނުތައް ވަގަށް ނަގާފައިވަނީ ފިހާރައިގެ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ.

އޭދަފުށީގައި ފަހަކަށް އައިސްދަނީ ވައްކަމުގެ މައްސލަތައް ވަރަށްބޮޑަށް އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.