ތިޖޫރީ ފޭރިގަތް މައްސަލައިގައި ބަޔަކު ފުލުހުންގެ ބެލުމުގެދަށަށް

ބ. އޭދަފުށި އެޓޯލް ކިއުޓް ފިހާރަ ފަޅާލައި ވަގަށްނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ފައިސާގެ ބައެއް -- ފޮޓޯ: ބ. އޭދަފުށި ޕޮލިސް ސްޓޭޝަން
ބ. އޭދަފުށި އެޓޯލް ކިއުޓް ފިހާރަ ފަޅާލައި ވަގަށްނަގާފައިވަނިކޮށް ފުލުހުން ހޯދާފައިވާ ފައިސާގެ ބައެއް — ފޮޓޯ: ބ. އޭދަފުށި ޕޮލިސް ސްޓޭޝަން

ބ. އޭދަފުށީ ޖަސްޓް ކިއުޓް މޯބައިލް ފިހާރަ ފަޅަލައި ގިނަ އަދަދެއްގެ ފައިސާ އާއެކު އެތަނުގެ ތިޖޫރީ ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި ބަޔަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 2 ކުދިން ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެރޭ ދަންވަރު 03:00 ހާއިރު އެ ފިހާރައަށް ވަދެފައިވަނީ ފިހާރާގެ ދޮރެއް ހަލާކުކޮށްލައިގެން ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހަމަ އެ ދުވަހުގެ މެންދުރު 2:15 ހާއިރު ކަމަށެވެ.

އެ ފިހާރާއިން ދެލައްކަ އަށްވުރެ ގިނަ ފައިސާއާއި -/68،000ރ އަށްވުރެ ގިނަ ފައިސާގެ އަގުހުރި ސާމާނު ވަގަށް ނަގާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ވަގަށް ނެގި ތަކެތީގެ ތެރޭގައި މޮބައިލް ފޯނާއި ޖޯއި ސްޓިކް ފަދަ ތަކެތި ހިމެނެއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓް ކުރުމާއެކު ފުލުހުންގެ ހާއްސަ ތަހުގީގު ޓީމަކުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ފައިސާއާއި ތަކެތި ފެނިފައިވަނީ އޭދަފުށީ ބޯޅަދަނޑާ ދިމާ އަތިރިމަތީގައި ހުރި ގަސްތަކެއްތެރޭގައި ފޮރުވާފައި ހުއްޓައެވެ.

މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

  1. އަޙްމަދު ޢަލީ

    ފެރީ ގިމަތަ ބންގާއެޅުން މި ހަބަރު ޢީޓީއިން ނުގެނެސްދިނީލީއްވެތޯ، މުހިންު ޚަބަރަކަށް ނުވީތޯ. މިކަހަލަ މުހިންމ ކަންތައްތައް ވާނެ ގެނެސްދެން. ވަރަށް ހިތާމަ ކުރަން މިޚަބަރު ނުލިޔުނީމަ، ފޮޓޯކޮލަމްވެސް އަޕްޑޭޓެއްނޫން. ވަރަށް ސަލާމް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.