ފިތުރު އީދު ބަންދާ ގުޅުވައިގެން މިހާރު އޭދަފުށީގައި ކުރިއަށްދާ “ސީސީ ކަޕް ފުޓްސަލް ޓޯނަމެންޓް 2012” ގެ ފައިނަލަށް ފްރެންޑްސް އާއި އެސްއޭ ފްރެންޑްސް ދަތުރުކޮށްފި އެވެ.
އެސްއޭ ފްރެންޑްސް ފައިނަލަށް ދިޔައީ މިރޭ ކުޅުނު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ވީ އާ ވާދަކޮށް 4- 0 އިން މޮޅުވެގެންނެވެ.
ފްރެންޑްސް ފައިނަލަށް ދިޔައީ މިރޭ ކުޅުނު ސެމީގެ ދެ ވަނަ މެޗުގައި ގަލްފް އަތުން 4- 2 އިން މޮޅުވެގެންނެވެ.
ހަމައެކަނި އޭދަފުށީ ޓީމުތަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 9:30 ގަ އެވެ.
މި މުބާރާތުގައި އެންމެގިނަ ސަޕޯޓަރުންނާއި އެންމެގިނަ ބަޔަކު ތަށި ގެންނާނެކަމަށް ލަފާކުރާ ޓީމެއް ހޮވުމަށް ހުޅުވާލި އެސްއެމްއެސް ޕޯލުގެ އެންމެ ކުރީގައި މިހާރުއޮތީ ދަ ޗެލެންޖާސް އެވެ. އެސްއެމްއެސް ކުރުމުގެ ފުރުސަތު މާދަމާ ރޭ ގެ ފައިނަލްމެޗު ފެށުމާ ހަމައަށްވަނީ ހުޅުވާލެވިފަ އެވެ. މި ފޯލުން އެއްވަނަ އަށް ދާ ޓީމަކަށް ހާއްސަ ޓްރޮފީއެއް ކްލަބް ސީސީ އިން ވަނީ ހުށަހަޅާފަ އެވެ.