އަންހެނުންގެ މިސްކިތް ތަޅާލަނީ

1558797_602922619762328_603336034_n

ބ. އޭދަފުށީ ހުޅަނގު ސަރަހައްދު އަންހެނުންގެ މިސްކިތް (މަސްޖިދިލް ޚައިރާތު) ބައުވެ، ގިނަދުވަސްވެފައިވާތީ އެ މިސްކިތް އުވާލައި ތަޅާލުމަށް އޭދަފުށީ ކައުންސިލުން ނިންމައިފި އެވެ.

އެ މިސްކިތް އުވާލައި، ތަޅާލުމަށް ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ، މިސްކިތް އުވާލުމަށް ނިންމީ މިފަދަ ކޮންމެ ތަނެއް މަރާމާތުކޮށް ބެލެހެއްޓުމަކީ އެކަމަށް ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމަކަށްވާތީ އާއި އަދި އާއްމު ގޮތެއްގައި އެ މިސްކިތް ނަމާދުކުރުމަށްޓަކައި މީހުން ބޭނުންކުރަމުން ނުގެންދާތީ ކަމަށެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލާ މަތިކޮށްފައިވާ ކަމަކަށްވާތީ ކަމަށެސް އެ ގަގާރުގައި ބުނެފައިވެ އެވެ.

“މިގޮތަށް ނިންމާފައިވަނީ ކައުންސިލުގެ އާއްމު ޖަލްސާގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު، އަދި އެ މިސްކިތާ ވަރަށް ކައިރީގައި ހުކުރު މިސްކިތް ހުރިއިރު، ހުކުރު މިސްކިތުގައި އަންހެނުން ނަމާދުކުރުމަށް ވަކިބައެއް ޚާއްސަކުރެވިފައިވުމާއެކު، ހުޅަނގުކޮޅު އަންހެނުންގެ މިސްކިތް އުވާލައި، އެ މިސްކިތް ތަޅާލުމަށްފަހު، މެދު އަވަށު އަންހެނުންގެ މިސްކިތުގެ ނަމަކީ “މަސްޖިދުލް ޚައިރާތު” ކަމުގައި ހަމަޖައްސައި، އެ މިސްކިތުގެ މުދިމު މެދުއަވަށު އަންހެނުންގެ މިސްކިތަށް ބަދަލުކުރުމަށެވެ،” އަންހެނުންގެ މިސްކިތް އުވާލުމަށް ކައުންސިލު ފާސްކޮށްފައިވާ ގަރާރުގައި ވެ އެވެ.

ކައުންސިލުންބުނީ މިގޮތަށް މިކަން ކުރުމުގައި ވަރަށް ގިނަ ކަންތައްތަކެއްގެ މައްޗަށް ބަލާފައިވާނެ ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި އަންހެނުން ނަމާދު ކުރުމަށްޓަކައި މިހާރުހުރި މިސްކިތްތަކުގެ އިތުރުން އިތުރު މިސްކިތެއް އެޅުމަށް ސަރުކާރުން ނިންމާފައި ނުވުމާއި، އަންހެނުން ނަމާދުކުރުން މޮޅު އިތުރީ ގޭގައި ކަމަށް ރާއްޖޭގައި ތިއްބެވި ގިނަ އިލުމުވެރިން ފަތުވާ ދެއްވުމާއި، ނަމާދު ކުރުމަށްޓަކައި އަންހެނުންގެ މިސްކިތްތަކަށް ސަރުކާރުން އިތުރު މުވައްޒަފުން ހަމަޖައްސައި ނުދެއްވުން ހިމެނެއެވެ. .އަދި އަންހެނުން ނަމާދު ކުރުމަށްޓަކައި އާއްމު ގޮތެއްގައި ފިރިހެނުންގެ މިސްކިތްތައް މިހާރު ބޭނުންކުރަމުން ގެންދިއުންވެސް މިސްކިތް އުވާލުމަށް ނިންމި ކަންތަކުގެ ތެރޭގައި ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.