ސީސީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްއޭ ފްރެންޑްސް ހޯދައިފި

އޭދަފުށީގައި ބޭއްވި ސީސީ ފުޓްސަލް ކަޕް 2012 ގެ ޗެމްޕިއަން އެސްއޭ ފްރެންޑްސް ތައްޓާ އެކު: –ފޮޓޯ: ތޯރިގް

ބ. އޭދަފުށީ ކްލަބް ކޮމްބިނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ސީސީ ފުޓްސަލް ޓޯނަމެންޓް 2012 ގެ ޗެމްޕިއަންކަން އެސްއޭ ފްރެންޑްސް ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލް މެޗްގައި ރޭ އެސްއޭ ފްރެންޑްސް އާ ދެކޮޅަށް ނިކުތީ ފްރެންޑްސް އެވެ.

މި ދެ ޓީމް ބައްދަލުކުރި ފޯރިގަދަ ފައިނަލް މެޗް ގައި އެސްއޭ ފްރެންޑްސް މުބާރާތް ކާމިޔާބް ކުރީ 4-0 ލަނޑުންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްއޭ ފްރެންޑްސްގެ އަބްދުލްމަޖީދު އެވެ.

މިދިޔަ މަހުގެ 16 އިން ރޭގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ މި އަހަރުގެ ޗެމްޕިއަން ޓީމަށް އެ ޖަމިއްޔާ އިން 5،000ރ. އާއި ޓްރޮފީ އަދި ރަނައަޕް ޓީމަށް 2،000ރ ދީފައިވެއެވެ. އޭގެ އިތުރުން މުބާރާތުގެ ޓެލެކޮމް ޕާޓްނަރު ދިރާގުންވެސް ވަނީ ޓްރޮފީ އާއި މެޑަލް ހުށަހަޅާފަ އެވެ.

މުބާރާތުގައި 15 ޓީމް ވާދަކުރި އިރު އެންމެ ގިނަ ގޯލް ޖެހިކުޅުންތެރިއަކަށް ހޮވުނީ އެސްއޭ ފްރެންޑްސްގެ އަލީ ޒުބައިރު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އަލީ ޒުބައިރުގެ އިތުރުން އެ ޓީމުގެ މައުމޫން އަބްދުލް ގައްޔޫމް އާއި ފްރެންޑްސްގެ ގޯލް ކީޕަރު އަފްޒަލް އިބްރާހިމް އާއި އަހުމަދު ލަތީފް (ލައްޗޭ) އާއި ގަލްފްގެ ހުސައިން ވާފިރު އެވެ. މީގެ އިތުރުން މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ވީ ގެ އިބްރާހިމް ޝާހީން އެވެ.

މި މުބާރާތުގައި އެންމެގިނަ ސަޕޯޓަރުންނާއި އެންމެގިނަ ބަޔަކު ތަށި ގެންނާނެކަމަށް ލަފާކުރާ ޓީމެއް ހޮވުމަށް ހުޅުވާލި އެސްއެމްއެސް ޕޯލް 2581 އެސްއެމްއެސް އާއެކު ކާމިޔާބުކުރީ ދަ ޗެލެންޖާސް އެވެ.

ސީސީ އިން ބުނީ މި އަހަރުގެ މުބާރާތް ވެސް ނިމިގެން ދިޔައީ ވަރަށް ކާމިޔާބު އަދި ފޯރި ގަދަ މުބާރާތެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮންމެ އަހަރެއްގެ ފިތުރު އީދާ ގުޅުވައިގެން ބާއްވާ މުބާރާތް އަންނަ އަހަރު މާ ބޮޑަށް ވެސް ކުލަގަދަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސީސީ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.