އެމްޑީޕީ އޭދަފުށީ ދާއިރާގެ މާލޭ ޖަގަހަ ރައީސް ނަސީދު ހުޅުވައި ދެއްވައިފި

ރައީސް މުހަންމަދު ނަޝީދު ހިސާނު ހުސެއިންގެ ކެންޕެއިން ޖަގަހަ ހުޅުވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ - ފޮޓޯ/ ހިތާދޫ އޮންލައިން
ރައީސް މުހަންމަދު ނަޝީދު ހިސާނު ހުސެއިންގެ ކެންޕެއިން ޖަގަހަ ހުޅުވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ – ފޮޓޯ/ ހިތާދޫ އޮންލައިން

މާރޗު 22 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިން މަޖިލީހުގެ ބ. އޭދަފުށީ ދައިރާއަށް އެމްޑީޕީ ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު އަދި މަޝްހޫރު ޤާނޫނީ ވަކީލާ އަލް އުސްތާޛާ ހިސާނުގެ މާލޭގެ ޖަގަހަ އެމްޑީޕީގެ ލީޑަރ ރައީސް ނަޝީދު ރޭ ހުޅުއްވައި ދެއްވައިފިއެވެ.

އޭދަފުށީ ދަރިރާގެ ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު އެމްޑީޕީގެ މެންބަރަންނާ ސަޕޯޓަރުންނާ މުޚާތަބު ކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށަށް ފަޅު ރަށެއް ހޯދައިދޭން އެމްޑީޕީގެ މެމްބަރުން ރައްޔިތުން މަޖިލީހުގައި މަސައްކަތް ކުރައްވާނެ ކަމަށެއެވެ. އަދި ކައުންސިލުތައް ބާރުވެރިކުރުވުން މުހިންމު ކަމަށެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ބާރު ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަންޖެހޭ ކަމަށެވެ. އޭރުން ރަށާއި އަތޮޅުގެ މުއްސަނދިކަން ސީދާ ގޮތެއްގައި ރައްޔިތުންނަށް ލިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

“€œއޭދަފުށީ ކައުންސިލަށް އޭދަފުށި ހިއްކުމުގެ އިހްތިޔާރު، އޭދަފުށި ހިއްކުމުގެ ވަސީލަތްތައް އަޅުގަނޑުމެން އެބަ ހޯދައިދޭން ޖެހޭ،” ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އަލްއުސްތާޒާ ޙިސާނު ޙުސައިން އަކީ ދެފަރު ދެގޮތަށް އެއިރަކު ވައިޖެހޭ އަތަކަށް ދުއްވާނެ ބޭކަނބަލެއް ނޫންކަމަށާޢި އޭދަފުށީ ދާޢިރާގެ ރަށްތައް ތަރައްޤީ ކުރެވޭނެ ޤާބިލުކަން ހުރި ބޭކަބަލެއް ކަމަށެވެ. މިހާރު ދާއިރާގެ މެންބަރަކީ އަމިއްލަ މަޞްލަޙަތައް ދީލާލައްވާ ބޭއްފުޅެއްކަމާއި މޫސުން ހެޔޮ ދުވަސްވަރު އެމްޑީޕީއަށްވެސް ވޯޓު ދެއްވި ބޭފުޅެއްކަމަށެވެ.

ސޯސަންމަގު ދެނުކޮޅުގައި ހ. ދޫހިމެރިގޭގައި ހުޅުވި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލްއުސްތާޛާ ޙިސާނު ހުސައިން ވިދާޅުވީ އަކަމަނާއަށް އޭދަފުށީ ދާއިރާގެ ގޮނޑި ލިބިވަޑައިގެންފި ނަމަ ދާއިރާގެ ރަށްތައް ދުވަހަކުވެސް ނުދެކޭފަދަ ތަރައްޤީއެއް ހޯދައި ދެއްވާނެ ކަމަށާއި އެކަމަނާއަކީ ދުވަހަކުވެސް ފަހަތައް ޖެހޭނެ މީހެއްނޫންކަމަށެވެ. ދާއިރާގެ ތަރައްޤީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާނެ ކަމަށް ހިސާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 85 ދާއިރާއަށް އެމްޑީޕީން ވަނީ ޓިކެޓް ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.