ޔޫތު ޗެމްޕިއަންޝިޕުގައި އޭދަފުށީ ޒުވާނުންގެ ކުލަބާއި މަހިބަދޫ މިރޭ ބައްދަލުކުރާނެެއެވެ. އޭދަފުށި ޓީމު ކުއާޓާގެޖާގަ ހޯދީ ގުރޫޕް 3ގެ އެއްވަނައިގައި އޮވެއެވެ. ގުރޫޕު 3ގައި އޭދަފުށްޓާއި ކެލާނާޅިއަށް 6 ޕޮއިންޓް ލިބިފައި ވީނަމަވެސް އޭދަފުށްޓަށް އޭދަފުށްޓަށް އެއްވަނަ ލިބުނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ކުއާޓާގެ ދެވަނަ މެޗްގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ނިކުންނާނީ ކެލާނާޅިއާއި ދެކޮޅަށެވެ. އޭދަފުށީ ޒުވާނުންގެ ކުލަބާއި މަހިބަދޫ ބައްދަލުކުރާ މެޗު މިރޭ 9 ޖަހާއިރު އެފްއޭއެމް އެއްނަންބަރު ޓާފުގައި ކުޅެވޭނެއެވެ.
އޭދަފުއްޓަށް ސަޕޯޓް ކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމަކީ ކުޅުންތެރިންނާއި މެނޭޖްމަންޓްގެ ވަރަށް ބޮޑު އެދުމެކެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗްތައް ކުޅެވޭނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހުއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.