އަނަންތަރަ މޮޅުވިއިރު، ސޮނެވާއާއި ސަޖި އެންޑް ފްރެންޑްސް އެއްވަރުވެއްޖެ

DSC_0134
ސޮނެވާއާއި ސަޖި އެންޑް ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

އޭދަފުށީގައި މިހާރު ކުރިޔަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރުގެ މެޗުތަކުން ސޮނެވާފުށްޓާއި ސަޖި އެންޑް ފްރެންޑްސް އެއްވަރުވެ، އަނަންތަރަ މޮޅު ވެއްޖެއެވެ.

ގުރޫޕް ސީގެ ސޮނެވާފުށްޓާއި ސަޖި އެންޑް ފްރެންޑްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސޮނެވާފުށްޓަށް ލަނޑު ޖަހައިދިނީ މުހައްމަދު ޝިޔާމެވެ. އަދި ސަޖި އެންޑް ފްރެންޑްސް އަށް ލަނޑު ޖަހައިދިނީ އިބްރާހިމް ޝަހީން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަޖި އެންޑް ފްރެންޑްސްގެ ޒައިދު އަލީ އެވެ.

ގުރޫޕް ބީގެ އަނަންތަރައާއި ހުސް ސޮނގުން ބައްދަލުކުރި މެޗު އަނަންތަރަ ކާމިޔާބު ކުރީ3-1 އިންނެވެ. އަނަންތަރައަށް މި މެޗުގައި ޢަބްދުﷲ ޒަހީން ދެ ގޯލު ކާމިޔާބު ކޮށްދިން އިރު އަހުމަދު ހުސެއިން ވަނީ އެއް ގޯލު ކާމިޔާބު ކޮށްދީފައެވެ. ހުސް ސޮނގުންގެ ހަމަ އެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ފާރިޝް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަނަންތަރައަށް ދެ ގޯލު ކާމިޔާބު ކޮށްދިން ޢަބްދުﷲ ޒަހީން އެވެ.

މާދަމާ ހަވީރު މި މުބާރާތުގައި ކުޅެވިގެންދާނީ ގުރޫޕު އޭގެ އެންމެ ފަހު ދެ މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަ ޗެލެންޖާސް އާއި އެފްސީ ސޫޕެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޯސީޒަންސް ރިސޯޓްސް މޯލްޑިވްސް އާއި ފެއިމްސް ޔުނައިޓެޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.