އޭދަފުއްޓަށް އިތުރު އޮންލައިން ނޫސްތަކެއް

އޭދަފުށި ވޮއިސް އަދި އޭދަފުށި ޑޮޓް އެމްވީ ގެ ސްކްރީން ޝޮޓެއް
އޭދަފުށި ވޮއިސް އަދި އޭދަފުށި ޑޮޓް އެމްވީ ގެ ސްކްރީން ޝޮޓެއް

 

ބ. އަތޮޅުގެ ކޮމިޔުނިޓީއަށް ޚާއްސަކޮށްގެން އޮންލައިންކޮށް ޚަބަރުތައް ގެނެސްނެމުން އަންނަ އޭދަފުށި ޓައިމްސް (އީޓީ) ގެ އިތުރަށް، އިތުރު ދެ އޮންލައިން ނޫހެއް ނެރެން ފަށައިފި އެވެ.

އޭދަފުށީ ވޮއިސް“ގެ ނަމުގައި މިހަފްތާތެރޭ އޮންލައިކުރި އެ ނިއުސްޓީމުން ބުނީ މި ވެބްސައިޓްގެ މަގުސަދަކީ އޭދަފުށީގެ ހަބަރުތައް ތާޒާކަމާއެކު ކިޔުންތެރިންނާ ހަމައަށް ފޯރުކޮށް ދިނުން ކަމަށެވެ.

“މީގެ އިތުރުން ބ. އަތޮޅުގެ އެކި ކަންކޮޅުތަކުގައި ހިނގާ މުހިއްމު ހާދިސާތަކާ ގުޅޭ ޚަބަރުތަކާއި ދުނިޔޭގެ ޚަބަރުތައް އަދި މައުލޫމާތުވެސް މި ވެބްސައިޓް މެދުވެރިކޮށް ލިބޭނެ. ވެބްސައިޓް ވަރަށް އަވަހަށް ރަސްމީކޮށް ލޯންޗް ކުރާނެ،” އޭދަފުށީ ވޮއިސް ނިއުސް ޓީމުން ބުންޏެވެ.

މި ވެބްސައިޓްގެ އިތުރުން  އޭދަފުށި ޑޮޓް އެމްވީގެ ނަމުގައިވެސް އޭދަފުށީ ޒުވާނުންތަކެއް އިސްނަގައިގެން މިދިޔަ މަހުން ކުރީކޮޅުން ފެށިގެން އަންނަނީ އޮންލައިން ވެބްސައިޓެއް ހިންގަމުންނެވެ. އެ ނޫހުގެ އޮފިޝަލަކު ވިދާޅުވީ ނޫހުގެ އެންމެ ބޮޑު އެއް އަމާޒަކީ އެއް ދުވަހުން އަނެއް ދުވަހަށް ތާޒާކަމާ އެކު އޭދަފުށީ ދާއިރާގެ ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ފޯރުކޮށް ދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.