އަންލިމިޓެޑް ދެ ޕެކޭޖެއް ވަތަނިއްޔާއިން ތައާރަފުކޮށްފި

ލިމިޓެއް ނެތި އެސްއެމްއެސް އާއި ކޯލް ކުރެވޭ ދެ ޕެކޭޖެއް ވަތަނިއްޔާއިން މިއަދު ތައާރަފުކޮށްފި އެވެ.

އާ ޕެކޭޖާބެހޭ ގޮތުން މައުލޫމާތު ދޭން އިއްޔެ ނަސަންދުރާގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަތަނިއްޔްާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ އަހުމަދު ޒަރީރު ވިދާޅުވީ”ލިވް އަންލިމިޓެޑް” ގެ ނަމުގައި ތައާރަފުކުރި ހިދުމަތު ސަބަބުން އަންލިމިޓެޑްކޮށް ގުޅުމުގެ ފުރުސަތު ލިބި، މިހާރު ހިލޭ ގުޅޭ ނަމްބަރުތަކަށް އޮތް ލިމިޓް އުވިގެންދާނެ ކަމަށެވެ.

މި ޕެކޭޖުތަކުގައި ހިމެނެނީ 299ރ ގެ ޕެކޭޖަކާއި 399ރ. ގެ ޕެކޭޖެކެވެ. މި ޕެކޭޖުގައި ހިމެނޭ 299ރ. ޕެކޭޖުގެ މަހުފީއަކީ 299ރ. އެވެ. އަދި މި ޕެކޭޖު ނަގާ ފަރާތްތަކުން 299ރ. އަށް މަސް ނިމެންދެން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް ވެސް އިތުރު ޗާޖެއް ނެތި ގުޅާލެވެ އެވެ. އަދި އަންލިމިޓެޑު 399ރ. ގެ ޕެކޭޖު ނަގާ ފަރާތްތަކުން 399ރ. މަހުފީގެ ގޮތުގައި ދައްކައިގެން ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށް ގުޅުމުގެ އިތުރުން އެސްއެމްއެސް ވެސް ކުރެވެ އެވެ. އަދި މި ޕެކޭޖު ނަގާ ފަރާތްތަކަށް ވަތަނިއްޔާ ނޫން އެހެން ނެޓްވޯކްތަކަށް ކޯލްކުރުމަށް ޗާޖުކުރަނީ 55ލ. އެވެ.

މި ޕެކޭޖާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ސީނިއަ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ، އަހުމަދު ޒަރީރު ވިދާޅުވީ މި ޕެކޭޖުތަކުގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ލިމިޓެއް ނެތި ކޮންމެ މީހަކަށް ވެސް ގުޅާލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

ވަތަނިއްޔާއިން ތައާރަފުކޮށްފައިވާ މި ޕެކޭޖު އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓް ޕެއިޑް ކަސްޓަމަރުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ މި ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް އެ ކުންފުނީގެ “ލިވް އަންލިމިޓެޑު” ރީޗާޖާއި “ލިވް އަންލިމިޓެޑު” ރާސްޓަސްގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ. އަދި ރާސްޓަސް ގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުން މި ޕެކޭޖުގައި ހިމެނޭ އަދަދަކަށް ރާސްޓަސް ކުރުމުން އެ ޕެކޭޖު އޮޓަމެޓިކުން އެކްޓިވޭޓް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ މި ޕެކޭޖުތައް 399 އާއި 299 ޖެހުމަށް ފަހު 111 އަށް އެސްއެމްއެސް ކުރުމުން އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.