ޔަޒީދުގެ ފޯމް އިލެކްޝަނަށް ހުށަހަޅުއްވައިފި

ޔަޒީދު އިލެކްޝަންސް އަށް ފޯމް ހުށަހަޅުއްވަނީ
ޔަޒީދު އިލެކްޝަންސް އަށް ފޯމް ހުށަހަޅުއްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން އޭދަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އަބްދުﷲ ޔަޒީދު (މުއާ) އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.

ޔަޒީދު އަމިއްލަ ގޮތުން އޭދަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އިރު، މި ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ މިހާރުވެސް މި ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އަދި އެމްޑީޕީގެ ފަރާތުން މި ދާއިރާ އަށް ވާދަ ކުރައްވަނީ ގާނޫނި ވަކީލު އަލްއުސްތާޒާ ހިސާން ހުސައިން އެވެ. އަހްމަދު ސަލީމް އަދި ހިސާން ހުސައިންވެސް މިދިޔަ ހަފްތާތެރޭ ވަނީ އިލެކްޝަންސް އަށް ފޯމު ހުށަހަޅުއްވާފަ އެވެ.

ޔަޒީދު ވިދާޅުވީ އޭދަފުށި ދާއިރާއަށް ވާދަކުރައްވަނީ ރައްޔިތުންނަށް ތަރައްގީއާއި އުފާވެރިކަން ގެނަސްދިނުމުގެ ގޮތުން ކަމަށާއި، ވަކި މީހަކާ ދެކޮޅަށް ނުވަތަ އެއްކޮޅަށް ނޫންކަމަށެވެ. މަޖިލީހަށް ހޮވިއްޖެ ނަމަ ދާއިރާގެ ރައްޔިތުންނަށް ފާގަތިކަން ގެނެސް ދޭނެކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.