“އޭދަފުށި ޓައިމްސް”ގެ ނަމުގައި މަޖައްލާއެއް ނުކުންނަނީ

އޭދަފުށީ ޓައިމްސް މަޖައްލާގެ ފުރަތަމަ އަދަދުގެ ބޭރުގަނޑު. މަޖައްލާގެ ފުރަތަމަ އަދަދު ފެބްރުއަރީ 15 ގައި ނުކުންނާނެ
އޭދަފުށީ ޓައިމްސް މަޖައްލާގެ ފުރަތަމަ އަދަދުގެ ބޭރުގަނޑު. މަޖައްލާގެ ފުރަތަމަ އަދަދު ފެބްރުއަރީ 15 ގައި ނުކުންނާނެ

 

“އޭދަފުށި ޓައިމްސް”ގެ ނަމުގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން މަޖައްލާއެއް ނެރޭގޮތަށް ހަމަޖައްސައިފި އެވެ.

އޭދަފުށި ޓައިމްސް މަޖައްލާގެ މަސްއޫލުވެރިއަކީ އަހްމަދު އަޝްރަފު އެވެ. ސިޔާސީ، އިޖުތިމާއި، ތައުލީމީ، މުނިފޫހި ފިލުވުމުގެ ޚަބަރުތަކާއި ތަފާތުލިއުންތައް ޝާއިއުކުރާ މި  މަޖައްލާގެ އެޑިޓަރަކީ ތޯރިގު އަބްދުއްރަހްމާން އެވެ.

އޭދަފުށި ޓައިމްސް މަޖައްލާގެ ނިއުސް ޓީމުން ބުނީ ތަޖުރިބާކާރު ނޫސްވެރިންނާއި ލިޔުންތެރިގެ ޓީމަކާއެކު، ގިނަ ބައެއްގެ އިންޓަވިއުތަކާއި އަދި މަޖިލިސް އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މައުލޫމާތުތައް ހިމެނޭ މި މަޖައްލާ ނެރެން މިވަގުތު ހަމަޖައްސާފައިވަނީ މަހަކު ދެ ފަހަރު ކަމަށެވެ.

“ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ޚާއްސަކޮށްގެން ނެރޭ މި މެގަޒިންގެ ފުރަތަމަ އަދަދު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި. މިވަގުތު ހަމަޖައްސާފައިވަނީ ޖުމްލަ ތިން އަދަދު ނެރޭގޮތަށް. އެގޮތުން މިމަހު ދެ މަޖައްލާ އަދި އަންނަ މަހު އެއް މަޖައްލާ ނެރެވޭތޯ މަސައްކަތް ކުރަމުން މިދަނީ. މަޖައްލާ ނުކުތުމާއެކު އީޓީ ގައި އޮންލައިންވެސް ކުރެވޭނެ.  މި މަޖައްލާ އަށް ލިޔަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި،” އޭދަފުށީ ޓައިމްސް އޮންލައިންގެ އެސިސްޓެންޓް އެޑިޓަރުކަންވެސް ކުރައްވަމުން އަންނަ ތޯރިގު ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާއަށް ޚާއްސަކޮށްގެން ނެރޭ މި މަޖައްލާއަކީ ހިލޭ ބަހާ މަޖައްލާ އެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. riza

    ތިންޢަދަދު ނެރޭނެ ކަމަށް ތިޔަބުނަނީ އޭދަފުށި ދާއިރާއަށް މަޖިލިސް އަށްކުރިމަތި ލަނީ ތިން ބޭފުޅުން ކަމަށްވާތީ ‘ އެއިން ކޮންމެބޭފުޅަކަށް މަޖައްލާއެއް ނެރެން ޤަސްދުކުރާކަމަށްފެނޭ ‘އެއިން ކޮންމެމަޖައްލާއެއްގައިވެސް ލިޔާނީ އެބޭފުޅެއްގެ ވާހަކަ އެހެންވުމާއެކު ދާއިރާގެ ރައްޔިތުންގެވާހަކަ ލިޔަން އެއްމަޖައްލާ އިތުރުކުރަންފެނޭ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.