އޭދަފުށީގައި ކުނިކޮށި ހަދަން ބަޔާކާ ހަވާލުކޮށްފި

ކުނި ކޮށި ހަދަން ހަވާލުކުރުމަށް މިއަދު ބެއްވި ހަފްލާގެ ތެރެއިން--
ކުނި ކޮށި ހަދަން ހަވާލުކުރުމަށް މިއަދު ބެއްވި ހަފްލާގެ ތެރެއިން–

ބ. އޭދަފުއްޓާއި ޅ. ނައިފަރުގެ އިތުރުން ނ. މަނަދޫގެ ކޮނިކޮށި ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ވޯލްޑް ބޭންކްގެ އެހީގައި 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓްގެ މަސައްކަތުގެ ތެރެއިން އޭދަފުށީ ކުނިކޮށި ހަދަން ސަރުކާރުން މިއަދު ހަވާލުކޮށްފައިވަނީ ކޮރަލް ގޭޓް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެ މަޝްރޫއުގައި ސޮއި ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އަބްރާހިމް އެވެ.

އެ ޕްރޮޖެކްޓްތައް ހަވާލުކުރުމަށް ފަހު ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ނ، ރ، ބ އަދި ޅ އަތޮޅަށް އަމާޒުކޮށްގެން ސަރަހައްދީ ފެންވަރެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

“އެ ހަތަރު އަތޮޅުގެ މީހުން ދިރިއުލޭ 45 ރަށުގެ 7350 ގޭބިސީ ހުރި އިރު 63 ހާހެއްގެ އާބާދީއެއް އެބައުޅޭ، އަޅުގަނޑުމެންގެ މަގުސަދަކީ ސަރަހައްދީ ފެންވަރެއްގައި ކުނި މެނޭޖުކުރުން،” ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް އިތުރު ރަށްރަށުގައި ކުނިކޮށި ހެދުމުގެ މަސައްކަތްތައް ހަވާލުކުރެވިގެންދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.