މިއަހަރުގެ މެއި އަދި ޖޫން މަހު ބޭއްވި ޖީސީއީ އޭލެވެލް އާއި އެޗްއެސްސީ އަދި އޭ އެސް ލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ބައިވެރިވި ކުދިންގެ ނަތީޖާ އެ މަރުކަޒުން މިއަދު ދޫކުރަން ފަށައިފި އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އޭލެވެލް ނަތީޖާއާއެކު ރީޗެކު ފޯމުވެސް ދޫކުރަމުންގެންދާ ކަމަށެވެ. ނަތީޖާ ދޫކުރާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ން މެންދުރު 12:00 އަށް ކަމަށެވެ. އަދި ނަތީޖާ ބަލާދާއިރު ކޮންމެ ކެންޑިޑޭޓަކުވެސް އައިޑީކާޑު ހިފައިގެން ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ކެންޑިޑޭޓްގެ ސިޓީއަކާއެކު ނަތީޖާ ބަލާ ދާ މީހެއްގެ އައިޑީކާޑު ގެނައުމަށްވެސް އެ މަރުކަޒުން އެދެއެވެ. ރީޗެކު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މިއަހަރުގެ އޭލެވެލް އިމްތިހާނުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން 100 އަށްވުރެ ގިނަ ކުދިން ބައިވެރި ވެފައި ވެއެވެ.