ކެންޑިޑޭޓުންގެ ނަން ތަރުތީބު؛ ސަލީމް 1، ޔަޒީދު 2، އަދި ހިސާން 3

ަމަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން--ފައިލް ފޮޓޯ
ަމަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން–ފައިލް ފޮޓޯ

 

އަންނަމަހު 22 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބ. އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ގުރުއަތުން މިއަދު ތަރުތީބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ގުރުއަތުން އޭދަފުށީ ދާއިރާގެ ކެންޑިޑޭޓް ނަމްބަރު އެކަކަށް ހޮވިވަޑައިގެންނެވީ ޕީޕީއެމް ކެންޑިޑޭޓް އަދި މިހާރުވެސް އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.

ކެންޑިޑޭޓް ނަމްބަރު ދޭއް އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުﷲ ޔަޒީދު (މުއާ) އަށް ލިބިވަޑައިގެންނެވިއިރު، ތިނެއް ލިބިވަޑައިގަތީ އެމްޑީޕީގެ ކެންޑިޑޭޓް އަލްއުސްތާޒާ ހިސާން ހުސައިން އަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އަޙްމަދު ރަޝީދު-

    އޭދަފުށި ދާއިރާ، ޤާނޫނީ ހުސްކަމެއްގެތެރޭގަވާހިނދު، 2014ގެ މަޖްލިސް އިންތިޚާބަށް މިފަހަރު އެންމެ ރަގަޅީ އަލްއުސްތާޒާ ހިސާން ހުސައިން ކަމާމެދު ދެބަސްވެވޭކަށްނެތް.
    އޭދަފުށީގެ މުސްތަޤްބަލްގެ ސަލާމަތާ ރައްކާތެރިކަން ޤާއިމްކޮށް ޔަޤީން ކުރެވޭނީ، އަމިއްލަ ވިޔަފާރި އާއި، އަމިއްލަ މަސްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތް ކުރާމީހަކަށްވުރެ، “ހަޑި މުޑުދާރު ޢަމަލުތަކުން” އެއްކިބާވެގެންވާ، ޤާނޫނީ އިމުގެތެރެއިން މުޅިދާއިރާގެ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތްކުކާނެ، ޤާނޫނީ ބޭފުޅެއްގެ ބޭނުންހިފައިގެންކަމާމެދު އެއްވެސް ޝައްކެއް ނުކުރަން. އަޅުގަނޑު އެދެނީ، އޭދަފުށީގެ އެންމެހާ ރައްޔިތުން މިކަމުގައި ވަރަށް ރަގަޅަށް ވިސްނެވުމަށްފަހު، އަލްއުސްތާޒާ ހިސާން ހުސައިން އަށް ވޯޓުދެއްވައި، “ކިލަނބުވެފައިވާ” މުޅިއޭދަފުށި ސާފުކޮށް ފަޚުރުވެރި، ޝަރަފުވެރި، ޢިއްޒަތާ ޤަދަރު ލިބިގެންވާ އޭދަފުއްޓަކަށް ބަދަލުކޮށްދެއްވުން. ކެންޑިޑޭޓް ނަންބަރު 3 އަށް ވޯޓް ދެއްވާ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.