އަނަންތަރަ އާއި ފެއިމްސް ޔުނައިޓެޑް ސެމީއަށް

asdfasfdsa
އަނަންތަރަ އާއި ސަޖި އެންޑް ފްރެންޑްސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

އޭދަފުށީގައި މިހާރު ކުރިޔަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް އިއްޔެ ފަށައިފިއެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސަޖި އެންޑް ފްރެންޑްސް ވަނީ އަނަންތަރަ އަތުން 2-1 އިން ބަލިވެ، މުބާރާތުން ކަޓައިފައެވެ. އިސްމާއިލް ޝާކިރާއި އިބްރާހިމް ހަމީދު އަނަންތަރައަށް ގޯލުތައް ކާމިޔާބު ކޮށްދިންއިރު ސަޖި އެންޑް ފްރެންޑްސް އަށް ލަނޑު ކާމިޔާބު ކޮށްދިނީ އަބްދުލް މަތީނު އަހުމަދެވެ. މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވުނީ އަނަންތަރައިގެ ހުނެއިން އަބްދުލް ހާރިސެވެ.

aaaaaaaaaaaaa
ޔުނައިޓެޑް ވީ އާއި ފެއިމްސް ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

ެދެވަނަ މެޗުގައި ފެއިމްސް ޔުނައިޓެޑް ވަނީ ފަސޭހަކަމާއެކެ 5-1 އިން ޔުނައިޓެޑް ވީގެ މައްޗަށް ކުރިހޯދާ، ސެމީއިން ޖާގަ ހޯދައިފައެވެ. ޔުނައިޓެޑް ވީގެ ޢަބްދުﷲ ޒަޢީމް (އައްބި) އާއި ޢަލީ ޒުބެއިރު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބު ކޮށްދިން އިރު މައުމޫން އަބްދުލް ގައްޔޫމް ވަނީ އެއް ގޯލު ކާމިޔާބު ކޮށްދީފައެވެ. ޔުނައިޓެޑް ވީގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ޝާފީ ޢަލީ އެވެ. މޭން އޮފްދަ މެޗަކަށް ހޮވުނީ ފެއިމްސް ޔުނައިޓެޑުގެ ޢަލީ ޒުބެއިރެވެ.

ކުއާޓާ ފައިނަލުގެ ފަހު ދެ މެޗުގައި މިއަދު ހަވީރު ފުރަތަމަ ބައްދަލުކުރާނީ ސޮނެވާފުށި ރިސޯޓާއި ދަ ޗެލެންޖާސް އެވެ. ފަހު މެޗުގައި ބައްދަލުކުރާނީ އެފްސީ ސޫޕާއި ހުސް ސޮނގުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.