
ބ. ކަމަދޫގައި ރުކަކުން ވެއްޓި މިއަދު މެންދުރެއްހާއިރު ބިދޭސީއަކު މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވެފައިވަނީ އެ ރަށާ ކައިރީގައި އޮންނަ ލަނޑާގިރާވަރު ރިސޯޓުގައި މަސައްކަތްކުރާ ބަނގުލަދޭޝް މީހެކެވެ.
ބ. ކަމަދޫން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ބިދޭސީ މިހާ ރުކުން ވެއްޓި މަރުވީ އަންނަ ހަފްތާގައި ފޯސީޒަންސް އެޓް ލަނޑާގިރާވަރު ރިސޯޓްގެ ފަރާތުން އެރަށުގައި ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑުބެރު ޗެލެންޖަށް ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތުގައި އެމީހާ ރުއްތައް ސާފުކުރަން އުޅުމުގެ ތެރޭގައި ރުކަކުން ވެއްޓިގެން ކަމަށެވެ.
ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، ބިދޭސީ މީހާ އެ ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިރޭ އިރާކޮޅު ވަނީ މާލެ ފޮނުވާލައިފަ އެވެ.