ސެމީގެ ފަހު ޖާގަ ސޮނެވާ އާއި ސޫޕަށް

ސޮނެވާފުށި ރިސޯޓާއި ދަ ޗެލެންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު
ސޮނެވާފުށި ރިސޯޓާއި ދަ ޗެލެންޖާސް ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

އޭދަފުށީގައި މިހާރު ކުރިޔަށްދާ އަލްމަރުހޫމް އަހްމަދު ޝާހީން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލް މެޗުތައް އިއްޔެ ނިމި، ޓީމުތައް ސެމީފައިނަލަށް ހޮވިއްޖެއެވެ.

ކުއާޓާގެ ތިންވަނަ މެޗުގައި އިއްޔެ ސޮނެވާފުށި ރިސޯޓާއި ދަ ޗެލެންޖާސް ބައްދަލުކުރި މެޗު ސޮނެވާ ވަނީ 5-2 އިން މެޗު ކާމިޔާބުކޮށް، ސެމީފައިނަލަށް ދަތުރު ކޮށްފައެވެ. އަޒްމީން އަބްދުއްސައްތާރު ސޮނެވާއަށް ދެ ގޯލު ކާމިޔާބު ކޮށްދިންއިރު މުހައްމަދު ޝިޔާމް، އަބްދުލް މަޖީދު އަދި އިސްމާއިލް ފައުޒީ (އޮއްވި)، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ގޯލު ކާމިޔާބު ކޮށްދީފައެވެ. ދަ ޗެލެންޖާސްގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ހުސެއިން ފާސިރާއި އަހުމަދު އަފްސަލެވެ. މި މެޗުގެ މޭން އޮފްދަ މެޗަކަށް ހޮވުނީ ސޮނެވާފުށި ރިސޯޓުގެ އަޒްމީން އަބްދުއްސައްތާރެވެ.

އެފްސީ ސޫޕާއި ހުސް ސޮނގުން ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު
އެފްސީ ސޫޕާއި ހުސް ސޮނގުން ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޯ/ އިބްރާހިމް ޒަހާން ޒާހިރު

ކުއާޓާގެ ފަހުމެޗުގައި އެފްސީ ސޫޕް ވަނީ 2-1 އިން ހުސް ސޮނގުންގެ މައްޗަށް ކުރިހޯދާ، ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ. ހައްފާފް ސިދުގީ އާއި އަހުމަދު އަޝްރަފް (ސޮބީ)، ސޫޕަށް ގޯލްތައް ކާމިޔާބު ކޮށްދިން އިރު ހުސް ސޮނގުންގެ ގޯލު ކާމިޔާބު ކޮށްދިނީ ޢަބްދުﷲ އަބޫބަކުރެވެ. މޭން އޮފްދަ މެޗަކަށް ހޮވުނީ ހުސް ސޮނގުންގެ ހައްސާން އަބްދުލް ލަތީފް (ބޮބީ) އެވެ.

ސެމީ ފައިނަލުގެ މެޗުތައް މިއަދު ހަވީރު ކުޅެވިގެން ދާއިރު، ފުރަތަމަ މެޗުގައި އަނަންތަރަ ކިހަވައް ސްތްރައިކާސް އާއި ސޮނެވާފުށި ރިސޯޓު ބައްދަލު ކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ ފެއިމްސް ޔުންއިޓެޑާއި އެފްސީ ސޫޕެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.