ގިނަ ހިދުމަތްތަކަކާ އެކު ދިރާގުގެ އާ ވެބްސައިޓް ލޯންޗްކޮށްފި

ގިނަ ހިދުމަތްތަކާއެކު ކުރިއަށް ވުރެ މާފުރިހަމަ، އާ ވެބްސައިޓް ދިރާގުން ތައާރަފު ކޮށްފި އެވެ.

އެ ކުންފުނީގެ އާ އިމާރާތުގައި އިއްޔެ ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ދިރާގުގެ މާކެޓިން ޑިޕާޓްމަންޓުގެ މުހައްމަދު މިރުޝާން ވިދާޅުވީ އާ ވެބްސައިޓް މެދުވެރިކޮށް ބިލު ދެއްކުމާއި ދިރާގުން ދޭ ތަފާތު ހިދުމަތްތަކުގެ މައުލޫމާތު ވަރަށް ފަސޭހައިން ލިބޭނެ ކަމަށެވެ.

މި ވެބްސައިޓުން ޑިޒައިންކޮށްފައިވަނީ ކަސްޓަމަރުންގެ އަމިއްލަ ޕްރޮފައިލް ހެދޭ ގޮތަށް ކަމަށް ދިރާގުން ބުންޏެވެ. މި މަސް ނިމުމުގެ ކުރިން އާ ވެބްސައިޓް މެދުވެރިކޮށް ދިރާގުގެ ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެއެވެ. ބިލްދެއްކުމުން އެކަން ކަސްޓަމަރަށް އެނގޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

އާ ސައިޓުގެ ފަސޭހަ ތަކުގެ ތެރެއިން ބިލްތަކަށް ފައިސާ ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްގެ ގޯލްޑް ކާޑާއި އެމެކްސް ގްރީން ކާޑުގެ އިތުރަށް ވިސާ ޑެބިޓްކާޑުވެސް ބޭނުންކުރެވޭނެއެވެ. އަދި ބޭރުގެ އެހެން ބޭންކްތަކުގެ ވިސާ ކާޑާއި އެމެރިކަން އެކްސްޕްރެސް ކާޑުންވެސް ފައިސާ ދެއްކޭނެއެވެ.

ދިރާގުގެ ތަފާތު ޕްރޮމޯޝަންތަކާއި ކަސްޓަމާ ކެއާ އަށް ގުޅައިގެން މިހާރު ވެސް ހޯދަމުން އަންނަ ބައެއް މައުލޫމާތުތައް މިވެބްސައިޓުން ލިބޭނެއެވެ. ކުރިޔަށް އޮތްތަނުގައި ތަފާތު ޕެކޭޖުތަކަށް ޚިދުމަތް ބޭނުންކުރާ ފަރާތުން އަމިއްލަ އަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ވެސް ދިރާގުން ދޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.