އޭދަފުއްޓަށް އަމިއްލަ ފަރާތަކުން ދަތުރުތަކެއް ފަށަނީ

ހަނދުވަރު ބޯޓް. މި ބޯޓުން މާލެއާ އޭދަފުއްޓާ ދޭތެރޭ ދަތުރުތައް ފެށުމަށްވަނީ ތައްޔާރުވެފައި

ޕަސެންޖަރުންނަށް ޚާއްސަކޮށްގެން ބ. އޭދަފުއްޓާ މާލެއާ ދެމެދު އަމިއްލަ ފަރާތަކުން ދަތުރުތަކެއް ފަށަން ނިންމައިފި އެވެ.

ދަތުރުތައް އިންތިޒާމުކުރާ ރ. އިނގުރައިދޫ މުހައްމަދު މުސްތަފާ ބުނީ “ހަނދުވަރު” ބޯޓުގެ ދަތުރުތައް ފެށުމުގެ ގޮތުން މާދަމާ ރޭ ޓެސްޓް ދަތުރެއް ފަށާނެ ކަމަށެވެ. އެގޮތުން އޭދަފުށިން ފުރުން އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 11:00 ޖަހާއިރު ކަމަށް އޭނާ ބުންޏެވެ.

“މި ދަތުރުތައް އަޅުގަނޑުމެން ބޮޑަށް މި ޓާގެޓް ކުރަނީ ޕަސެންޖަރުންނަށް. ހުރިހާ ގޮތަކުން ބެލިޔަސް ރައްކާތެރި އަދި ފަސޭހަވާނެ މި ބޯޓުގައި މީހުންނަށް ދަތުރުކުރަން. މިދަތުރުތަކުގެ ސަބަބުން ވިޔަފާރި ވެރިންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ”

މުސްތަފާ ބުނިގޮތުގައި އޭދަފުއްޓާއި މާލެއާ ދެމެދު “ހަނދުވަރު” ބޯޓުން ކުރާ ދަތުރަކަށް އެއް ކޮޅު ޓިކެޓެއްގެ އަގަކީ 130ރުފިޔާ އެވެ. އަދި އޭދަފުށިން ޓިކެޓް ލިބެން ހުންނާނީ ޓޭކް އަވޭ ފިހާރައިން ކަމަށް މުސްތަފާ ބުންޏެވެ.

މުސްތަފާ ބުނީ ރަނގަޅު ތަރުހީބެއް ލިބޭނަމަ މިދަތުރުތައް ދާއިމީކޮށް ކުރަމުން ގެންދާނެ ކަމަށެވެ.

އިނގުރައިދޫ “ހަނދުވަރު” ބޯޓުން އޭދަފުއްޓާއި މާލެއާ ދެމެދު ދަތުރު ކުރަން މި ފަށއނީ މިރަށާއި މާލެ އާ ދޭތެރޭ ގިނަ އަހަރުތަކެއް ވަންދެން ދަތުރުކުރަމުންދާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު ކަމަށްވާ ފަސޭހަ ބޯޓުގެ ދަތުރުތައް ހުއްޓާލައި އެ ބޯޓު އަލިފުއްޓަށް ގެންގޮސްފައި ވަނި ކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.