އޭދަފުށީ ޓީމް ޕްރެކްޓިސް ފަށައިފި

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން– ފޮޓޯ / ސައިނޯސާ ރާއި

އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި އެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ގެ ބެލުމުގެ ދަށުންނެވެ. ޓީމު ނެރުމުގެ ހުރިހާ ކަމެއްގައިވެސް އެންމެއިސްކޮށް އުޅޭނީވެސް ބައްޓޭ އެވެ.

ބައްޓޭ ބުނީ، މިދިޔަ ހަފްތާއިން ފެށިގެން ޓީމުގެ ފަރިތަކުރުންތައް ގަވައިދުން ކުރިއަށްދާ ކަމަށެވެ. އެގޮތުން މިިދިޔަ ހުކުރުދުވަހު އޭދަފުށީ ދަ ބިގިނާސްއާއެކު ކުޅުނު މެޗު 3-0 ން ޔޫތު ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. އަދި މިއަދު ހަވީރު ދަނގަޑޭ 11 އާދި 21 އަހަރުންދަށުގެ ޓީމާއެކު ޕްރެކްޓިސް މެޗެއް އޮންނާނެކަމަށްވެސް ބައްޓެ ބުންޏެވެ.

މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި 12 ޓީމު ވާދަކުރާނެ އެވެ. އެއީ އެއީ ނިއު އާއި ވިކްޓަރީ އާއި ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް އީގަލްސް އާއި މާޒިޔާ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަދި ބީޖީ ސްޕޯޓްސް އާއި ހއ. ކެލާ ނާޅި ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި އޭދަފުށި ފުޓްބޯލް ކްލަބް އަދި ގްރީން ސްޓްރީޓެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ZUHAN

    ޓީމާއި ބެހޭ މަޢުލޫމާތު މިހާރަށްވުރެ ބޮޑަށް ތަފްސީލްކޮށް ގެެނެސްދެއްވުން އެދެން. ޓީމްގެ ކުޅުންތެރިންގެ މަޢުލޫމާތު ޕްރެކްޓިސްގެ ތެރެއިން ފޮޓޯ އާއި މިނޫންވެސް ގިނަ މަޢުލޫމާތު ބޭނުން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.