މިއަހަރު މާޗުމަހު ބޭއްވުމަށް ހަމަޖެހިފަވިވާ ރައްޔިތުން މަޖިލީހުގެ ބ. އޭދަފުށީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އަލްއުސްތާޛާ ހިސާން ހުސައިންގެ ކެމްޕޭން ޓީމް ހިތާދޫގައި ދޮރުން ދޮރަށް ކެމްޕޭން އިއްޔެ ފަށައިފި އެވެ.
ހިސާނުގެ ކެމްޕޭން ޓީމުން ބުނީ އިއްޔެ މެންދުރުފަހު 01:30 ން ފެށިގެން ހަވީރު 06:00 އަށް ކެމްޕެއިން ޓީމް ހިތާދޫގެ ގޭގެއަށް ގޮސް ތިލަފަތަށް ވޯޓުދެއްވުމަށް އެދިފައިވާނެކަމަަށާއި އިއްޔެގެ މަސައްކަތުން ރަށުގެ ބޮޑުބައެއް ކަވަރު ކުރެވިފައި ވާނެކަމަށެެވެ.
އެމްޑީޕީގެ ގިނަސަޕޯޓަރުން ބައިވެރިވެފައިވާ މި ޓީމުން ޑޯޓުޑޯ ފެށީ ހިތާދޫގެ އެންމެ ހުޅަނގުންނެވެ. ކެމްޕޭން ޓީމުން ބުނީ މިއަދުވެސް ޑޯޓުޑޯ ކެމްޕޭން ކުރިއަށް ދާނެކަމަށެވެ. މީގެ އިތުރުން ހަރުގޭގެ ހަރަކާތްތަކާއި ރެޖިސްޓްރޭޝަންގެ މަސައްކަތްވެސް ކުރިއަށް ދާނެކަމަށެ އެ ޓީމުން ބުނެ އެވެ.