ބ.އ.ތ.މ ގެ އިންޓަ ހައުސް ނެޓުބޯޅަ މުބާރާތް ފަށައިފި

Senior Netball 1

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ނެޓުބޯޅަ މުބާރާތް ފަށައިފިއެވެ.

އިއްޔެ ހަވީރު ސީނިއާ ނެޓުބޯޅަ މުބާރާތް ފެށީ ރެޑް ހައުސް އާއި ވައިލެޓް ހައުސްގެ ފޯރިގަދަ މެޗުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް ވާދަކުރި މި ދެޓީމުގެ މެޗު 11-9 އިން ކާމިޔާބު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ވައިލެޓް ހައުސްއެވެ. ދެވަނަ މެޗުގައި ބްލޫ ހައުސް އާއި ޔެލޯ ހައުސް ވާދަކޮށް 5-9 އިން ކުރިހޯދީ ބްލޫ ހައުސްއެވެ. މި ދެ މެޗުން މޮޅުވި ދެޓީމު ކަމަށްވާ ވައިލެޓް ހައުސް އާއި ބްލޫ ހައުސް މިއަދު ހެނދުނު ބައްދަލު ކޮށް 11-10 އިން ވައިލެޓް ހައުސްގެ މައްޗަށް ކުރިހޯދާ، ބްލޫ ހައުސް ވަނީ ފައިނަލުން ޖާގަ ހޯދައިފައެވެ.

ޖޫނިއާ ނެޓުބޯޅަ މުބާރާތް މިއަދު ހެނދުނު ފެށިއިރު ފުރަތަމަ މެޗުގައި ވައިލެޓް ހައުސް އާއި ޔެލޯ ހައުސް ބައްދަލުކޮށް 9-5 އިން ވައިލެޓް ހައުސް ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. ދެވަނަ މެޗުގައި، މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ވާދަކުރި ރެޑް ހައުސް އާއި ބްލޫ ހައުސް ބައްދަލު ކޮށް، ބްލޫ ހައުސް އިން ވަނީ ޗެމްޕިއަން ރެޑް ހައުސްގެ މައްޗަށް 11-8 އިން ކުރި ހޯދައިފައެވެ.

މިއަދު ހަވީރު ނެޓްބޯޅަ ޖޫނިއާ ބައިގައި ވައިލެޓް ހައުސް އާއި ބްލޫ ހައުސް އަދި ރެޑް ހައުސް އާއި ޔެލޯ ހައުސް ބައްދަލުކުރާނެއެވެ. ވައިލެޓް ހައުސް އާއި ބްލޫ ހައުސް ބައްދަލު ކުރާ މެޗުން މޮޅުވާ ބަޔަކު ފައިނަލަށް ދާނެއެވެ. ބަލިވާ ބަޔަކު ކުޅެން ޖެހޭނީ ރެޑް ހައުސް އާއި ޔެލޯ ހައުސް ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކާއެވެ. އަދި ރެޑް ހައުސް އާއި ޔެލޯ ހައުސް ކުޅޭ މެޗުން ބަލިވާ ޓީމެއް މުބާރާތުން ކަޓާއިރު، ސީނިއާ ބައިގައި މިއަދު ހަވީރު ރެޑް ހައުސް އާއި ޔެލޯ ހައުސް ބައްދަލުކުރާ މެޗުން ވެސް ބަލިވާ ބަޔަކު މުބާރާތުން ކަޓާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.