ލޯކަލް ކައުންސިލް އިންތިހާބުގައި، ޑީއާރުޕީ ޓިކެޓްގައި ވާދަކޮށް ބ. އޭދަފުށީ ކައުންސިލަށް ހޮވުނު މުހައްމަދު ރިޒާ ޕީޕީއެމަށް ސޮއިކޮށްފި އެވެ.
ޑީއާރުޕީގެ މެޖޯރިޓީ އޮންނަ އޭދަފުށީ ކައުންސިލްގެ މެންބަރު ރިޒާ ޕީޕީއެމަށް ސޮައިކުރެއްވީ މިއަދު އެވެ.
ޕީޕީއެމަށް ސޮއިކުރެއްވި މުހައްމަދު ރިޒާ ވިދާޅުވީ ޕީޕީއެމާ ގުޅުނީ ރަށުގެވެސް ގިނަ ބަޔަކު މިހާރު އެ ޕާޓީއާ ގުޅެމުންދާތީ ވަރަށްގިނަ ފަރާތްތަކާވެސް ވާހަކަދެއްކުމަށް ފަހުކަމަށެވެ.
ރަށުކައުންސިލުގެ އިތުރު މެންބަރަކުވެސް ޕީޕީއެމަށް ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާލުވިއެވެ. ނަމަވެސް އެކަން އީޓީ އަށް އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ކައުންސިލުގެ އިތުރު މެންބަރުން ވަރަށް އަވަހަށް ޕީޕީއެމަށް ސޮއިކުރާނެ ކަމަށް ބެލެވެއެވެ.
ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި އޭދަފުށީގެ 500 އަށްވުރެ ގިނަމީހުން މިވަގުތު ފޯމު ފުރާފައިވާކަމަށް ޕީޕީއެމް އޮފީހުން ބުނެއެވެ. އަދި ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އޭދަފުށީގައި ޕާޓީގެ ގޮފިތައް އަންނަނީ ރަޖިސްޓްރީކުރަމުންނެވެ.