ޓެލެކޮމް ފެއާ މާދަމާ ހުޅުވަނީ

ކޭމް އިން 2007 ވަނަ އަހަރު އައްޑުގައި ބޭއްވި ޓެލެކޮމް ފެއާގެ ތެރެއިން. މިއަހަރުގެ ޓެލެކޮމް ފެއާ މާދަމާ ހަވީރު އޭދަފުށީގައި ފަށާނެ

ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ ޓެލެކޮމް ފެއާ އޭދަފުށީގައި މާދަމާ ހަވީރު ފަށާނެ އެވެ.

މިހާރު އޭދަފުއްޓަށް ވަޑައިގެން އުޅުއްވާ ކޮމިޔުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިލްޔާސް އަހްމަދު މިއަދު އީޓީ އަށް ވިދާޅުވީ، އެ އޮތޯރިޓީން އިންތިޒާމުކޮށްގެން ބާއްވާ މި ފެއާ ހުކުރުދުވަހު (މާދަމާ) ހަވީރު ފަށާނެ ކަމަށާއި ފެއާ އޮންނާނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކަމަށެވެ.

މި ފެއާ އިން ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފުންނާބު އުސް ބައެއް ފަރާތްތަކުން ބައިވެރި ވެ އެވެ. އޭގެ ތެރޭގައި ކޭމް ގެ އިތުރުން ދިރާގު، ވަތަނިއްޔާ ފޯކަސް، ބޭންކް އޮފް މޯލްޑިވްސް، ޕޮލިސް، ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ސެލްޓެކް ސޮލިއުޝަން މައިޒާން އިލެކްޓްރޯނިކްސް އަދި ނާރިންގ އިން ވެސް ބައިވެރިވެ އެވެ.

ޓެލެކޮމިއުނިކޭޝަން ހިދުމަތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށާއި އެ ހިދުމަތްތައް ބޭނުންކުރާ ގޮތް ދައްކާލުމަށް ޓަކައި ބާއްވާ މި ފެއާ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީ ޑްރޯއެއް ބާއްވާ ގޮތަށް ވެސް ހަމަޖެހިފައި ވެ އެވެ. އެއް ވަނަ އިނާމަކަށް އައިލެންޑް އޭވިއޭޝަނުން ރާއްޖޭގެ ކޮންމެ ވެސް ސަރަހައްދަކަށް ދެ މީހެއްގެ ޓިކެޓް، ދެވަނަ އިނާމަކަށް ވީއެޗްއެފް މެރިން ސެޓެއް އަދި ތިން ވަނަ އިނާމަކަށް ޑީވީޑީ ޕްލޭޔަރެއް ހުށަހަޅާފައިވާ ކަމަށް ޓެލެކޮމް އޮތޯރިޓީން ބުންޏެވެ. މި ފެއާ ނިމޭނީ ހޮނިހިރު ދުވަހުގެ ރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.