ރެޑް ފައިނަލަށް ދިޔައިރު ބްލޫ ކަޓައިފި

sdfgfdfgfgh

ފުޓުބޯޅަ ޖޫނިއާ ބައިގައި ރެޑް ހައުސް ފައިނަލުން ޖާގަ ހޯދިއިރު ބްލޫ ހައުސް މުބާރާތުން ކަޓައިފިއެވެ.

މިއަދު ހެނދުނު ފުޓުބޯޅަ ޖޫނިއާ ބައިގައި ރެޑް ހައުސް ފައިނަލުން ޖާގަ ހޯދީ އަބާން އަލީ (7ބީ) ގެ ހަމައެކަނި ގޯލުން 1-0 އިނ މެޗު ކާމިޔާބު ކޮށްގެންނެވެ.

ޔެލޯ ހައުސް އާއި ބްލޫ ހައުސް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެގެން ނިމުނު އިރު ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ބްލޫ ހައުސް ވަނީ ޕެނަލްޓީގައި 3-2 އިން ބަލިވެ، މުބާރާތުން ކަޓައިފައެވެ. ބްލޫ ހައުސްގެ ނާހީ (6ބީ)، ނާއިފް (7ބީ) އަދި މުހަންމަދު ޖަޒްލާން ގެ ޕެނަލްޓީ ޔެލޯ ހައުސްގެ ކީޕަރު ޒައިން ހުޝިޔާރުކަމާއެކު ދިފާއު ކުރިއިރު ކާމިޔާބު ކުރެވުނީ އިންތިޒާލް އާއި މައުޒޫން ނިޔާޒް (7ސީ) ޖެހި ޕެނަލްޓީއެވެ. ޔެލޯ ހައުސްގެ އިބްރާހިމަ ނަސީރު (7ސީ)، ހުސެން އީވާން (7އޭ) އަދި މުހަންމަދު ރައްޝާފުގެ ޕެނަލްޓީ ކާމިޔާބު ކުރިއިރު ނަޖާހު (7ބީ) ގެ ޕެނަލްޓީ ބްލޫ ހައުސްގެ ކީޕަރު ނާއިފް (7ބީ) ވަނީ ދިފާއު ކޮށްފައެވެ.

27 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު ފައިނަލުގައި ރެޑް ހައުސް އާ ބައްދަލު ކުރާނީ މާދަމާ ހެނދުނު ޔެލޯ ހައުސް އާއި ވައިލެޓް ހައުސް ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.