70 ޕަސެންޓް ވޯޓް ވަނީ ޔަގީން ކުރެވިފައި: ސަލީމް ކެމްޕޭން ޓީމް

ސަލީމް ކެމްޕޭންގެ ތެރެއިން -- ފޮޓޯ / ކެމްޕޭން ޓީމް
ސަލީމް ކެމްޕޭންގެ ތެރެއިން — ފޮޓޯ / ކެމްޕޭން ޓީމް

 

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑްވޭވް) އަށް އޭދަފުށީގެ 70 ޕަސެންޓް ވޯޓް މިހާތަނަށް ޔަގީން ކުރެވިފައިވާ ކަމަށް ސަލީމުގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

ސަލީމް ކެމްޕޭން ޓީމުން ބުނީ މިރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ސަލީމު ވަކިވަކިން ޒިޔާރަތް ކުރުމުގެ ޕްރޮގްރާއް އިއްޔެ ހަވީރު ފަށާފާއިވާ ކަމަށާއި، މި ޕްރޮގްރާމުގެ ދަށުން އޭދަފުށީ ހުޅަނގު ސަރަހައްދާއި އިރުމަތީ ސަރަހައްދުގެ ހުރިހާ ގެއަކަށް މިއަދު މެންދުރާ ހަމައަށް ސީދާ ސަލީމު ޒިޔާރަތް ކުރައްވައި އެ ގޭގެ އިން ވޯޓް ހޯދުމުގެ މަަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު މުޅިރަށުގެ ހުރިހާ ގެ އަކަށް ޒިޔާރަތްކޮށް ނިމޭނެ ކަމަށްވެސް ސަލީމު ކެމްޕޭން ޓީމުން ބުނެއެވެ.

ސަލީމުގެ ކެމްޕޭން ފުޅާކުރުމުގެ ގޮތުން ރޭ އޭދަފުށީގައި “ގުޑުވާލި ޖަގަހަ” މި ނަމުގައި ސަލީމު ވަނީ އާ ޖަގަހައެއް ހުޅުއްވައި ދެއްވައިފަ އެވެ. ކެންޕޭން ފުޅާކުރުމަށް އޭދަފުށީގައި މިދިޔަ ހަފްތާ ދެ ޖަގަހައެއް ހުޅުވިއިރު، މިރޭވެސް އިތުރު ޖަގަހައެއް ހުޅުވާނެކަމަށް ސަލީމް ކެންޕޭން ޓީމުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.