ހިސާންގެ ކެމްޕޭން ޕޯސްޓަރުތައް ހިއްޕާފައިވަނީ ގަވައިދާ ޚިލާފަށް: ކައުންސިލް

 އޭދަފުށީ ސަހަރާގެ ފާރުގައި ހިއްޕާފައިވާ ހިސާން ކެމްޕޭން ޕޯސްޓަރުތަކެއް ކައިރިން މީހަކު ހިނގާފައިދަނީ- ޕޯސްޓަރުތައް ހިއްޕާފައިވަނީ ގަވައިދާ ޚިލާފަށްކަމަށް މިރަށު ކައުންސިލުން ބުނޭ.- އީޓީ ފޮޓޯ / ޒަހާން ޒާހިރު

އޭދަފުށީ ސަހަރާގެ ފާރުގައި ހިއްޕާފައިވާ ހިސާން ކެމްޕޭން ޕޯސްޓަރުތަކެއް ކައިރިން މީހަކު ހިނގާފައިދަނީ- ޕޯސްޓަރުތައް ހިއްޕާފައިވަނީ ގަވައިދާ ޚިލާފަށްކަމަށް މިރަށު ކައުންސިލުން ބުނޭ.- އީޓީ ފޮޓޯ / ޒަހާން ޒާހިރު

އެމްޑީޕީ ޓިކެޓްގައި ބ. އޭދަފުށީ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ އަލްއުސްތާޒާ ހިސާން ހުސައިންގެ ކެމްޕޭން ޕޯސްޓަރުތައް އޭދަފުށީ ސަހަރާ ފާރުގައި ހިއްޕާފައިވަނީ ގަވާއިދާ ހިލާފަށްކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު ވިދާޅުވީ އެއްވެސް ކެނޑިޑޭޓަކަށްވިޔަސް އަދި އެހެންފަރާތަކަށްވިޔަސް ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އެއްވެސް ތަނެއްގައި ޕޯސްޓަރު، ނިޝާން، ސްޓިކާފަދަ ތަކެތި ކައުންސިލްގެ ހުއްދަނުހޯދައި ހިއްޕުމަކީ މަނާކަމެއް ކަމަށައި އެކަންކުރި ބަޔާކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

“އެކަންތައް ހިނގާފައިވާ ގޮތެއް އަޅުގަނޑުމެން މިދަނީ ވަރަށްކައިރިން ބަލަމުން، އަދި އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު ވަރަށް އަވަހަށް އަޅައި، ޕޯސްޓަރުތައް ނައްޓާލަން އަންގާނަން. ނޫންނަމަ ކޯޓަށް މައްސަލަ ހުށައަޅައިގެންވެސް މިކަން ހުއްޓުވާނަން،” އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މި މައްސަލަ ކޯޓަށް ހުށަހަޅައިގެންވެސް އެކަން ހުއްޓުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. husenq

    އެއީ ހަޖަމު ނުވުމުގެ މައްސަލައެއް ނޫން ހުސޭނާ. ކެމްޕެއިން ކުރާއިރުވެސް ހަމައެއް އޮންނަން ވާނެ. އިޖްތިމާއީ ފޭރާން ހަލާކުވެ ރަށުގެ މޫނުމަތި ހަޑިވަނީ އެއްވެސް ކަހަލަ ހަރުދަނާކަމެއް ނެތް ބަޔަކު ކެންޕެއިން މެނޭޖަރުންނަށް ލާފަ ތިބޭތީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.