ހިތާދޫ އިޖުތިމާއީ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން އަމިއްލަ ފަރާތަކާ ހަވާލު ކޮށްފި

ބ. ހިތާދޫ

ބ. ހިތާދޫގެ އިޖުތިމާއީ ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން އަމިއްލަ ފަރާތަކާ ޙަވާލު ކޮށްފިއެވެ.

ކޮންޓްރެކްޓް އުސޫލުން މި މަސައްކަތް ޙަވާލު ކޮށްފައިވަނީ ބ. ހިތާދޫ ފެހިވިދުވަރު ޢަބްދުލް ޣަނީ ޢަބްދުއްލަތީފާއެވެ. ގިނަފަރާތްތަކެއް ވާދަކުރި ބިޑު ޢަބްދަލް ޣަނީ ކާމިޔާބު ކޮށްފައިވަނީ ހަހާސް އަށްސަތޭކަ އައްޑިހަ ފަސްރުފިޔާއަށްކަމަށް މަޢްލޫމާތު ލިބެއެވެ.

ހިތާދޫ ކައުންސިލުން ބުނީ ޒަމާނުއްސުރެ ވެސް ޢިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފުކުރަމުން ދިޔައީ ރައްޔިތު އަންހެނުންގެ ތެރެއިން އަކަމަށް އެދިފައިފައިވާ ފަރާތްތަށް ހިލޭސާބަހައް ރަމްޒީ އެހީއެއް ދީގެން ކަމަށެވެ. ނަމަވެސް އެއީ ވަރަށް މަދު ފައިސާ ކޮޅަކަށްވާތީ މީގެ ސަބަބުން ރައްޔިތުންނަށް މާބޮޑު މަންފާއެއް ނުކުރާތީ ކައުންސިލުން ވިސްނީ މިކަން އެންމެ ފައިދާ ކުރަނިވި ގޮތަކަށް މި މަސައްކަތް ކުރުމަށެވެ. މިގޮތަށް ކޮންޓްރެކް އުސޫލުން ދޫކުރުމުން އިދާރީގޮތުން ބަލަހައްޓަން ފަސޭހަވުމުގެ އިތުރުން އިތުރު ވަޒީފާގެ ފުރުޞަތު ހުޅުވިގެން ދާނެ ކަމަށް ޤަބޫލު ކުރާކަމަށެވެ.

“މީގެ ކުރިން ރަށުގެ ޢިޖްތިމާޢީ ސަރަހައްދު ސާފު ކުރަމުން ދަނީ ރައްޔިތުން އަންހެނުންގެ ތެރެއިން އަކަމަށް އެދޭފަރާތް ތަކަށް ރަމްޒީ އެހީއެއް ދީގެން. މިގޮތުން ލިބެނީ ވަރަށް ކުޑަފައިސާ ކޮޅެއް. ކޮންޓްރެކްޓަށް ދޫކޮށްލުމުން އިތުރު ފަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ” ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޙަވާލު ކުރި މި މަސައްކަތުގެ ދަށުން ގާތްގަނޑަކަށް އެއްލަކަ އައްޑިހަހާސް އަކަފޫޓުގެ ސަރަހައްދެއް ކުނިކަހާ ސާފު ކުރަންޖެހޭނެ އެވެ. ކުރިންވެސް ކުނިކަހާ ބަލަހައްޓަމުންދާ މަގުތަށް ހަފްތާއަކު އެއްފަހަރު ކުނިކަހާ ސާފުކުރަން ޖެހެއެވެ. ކޮންމެ މަހެއްގެ ދިހަވަނަ ދުވަހުގެ ކުރިން ހިތާދޫ ބަނދަރު ސަރަހައްދު ކުނިކަހާ ސާފުކުރަންވާނެއެވެ.

އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހިތާދޫ ވަށައިގެން ހޭޅީގެ ބޮޑުބައެއްވަނީ ސާފުކޮށްފަ އެވެ. މި ސަރަހައްދުތައް ހިމެނިފައި ނުވަނީ ކީއްވެތޯ ދެންނެވުން ކައުންސިލުން ބުނީ މިވަގުތު ބަޖެޓުގެ ދަތިކަން ހުރުމުން މިވަގުތަށް ސާފުކޮށް ބެލެހެއްޓެން ހުރީ އެ ސަރަހައްދުތައް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މިހާރު ސާފު ކޮށްފައިވާ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ހިތާދޫ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށް ދޭ ފައިސާ ނުލިބިގެން 2011 ވަނަ އަހަރުގެ މެދުތެރޭގައި ހިތާދޫ އިޖްތިމާއީ ސަރަހައްދު ސާފުކުރާ އަންހެނުންވަނީ ހިތާދޫ ކައުންސިލް އިދާރާދޮށަށް ނުކުމެ މުޒާހަރާ ކޮށްފަ އެވެ. އެ ދުވަހުގެ މުޒާހަރާގައި ޑިމާންޑު ކޮށްފައިވާނީ ފައިސާ ނުލިބެނީސް ދެން އިތުރަށް އިޖްތިމާއި ސަރަހައްދު ސާފު ނުކުރާނެ ކަމަށެވެ. މުޒާހަރާއަށްފަހު ހިތާދޫ އިޖްތިމާޢީ ސަރަހައްދުވަނީ ސާފުކުރުން ހުއްޓާލައިފަ އެވެ.

— އާމިރު އަބްދުއްލަތީފް

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.