ސަލީމަކީ ހޮވަން އެންމެ ގާބިލް ކެންޑިޑޭޓް: ނަޒީރު

ސަލީމުގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން -- ފޮޓޯ / ތޯރިގް
ސަލީމުގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން — ފޮޓޯ / ތޯރިގް

 

އަންނަ މާޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިވަގުތު ހޮވަން އެންމެ ގާބިލް ކެންޑިޑޭޓަކީ މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ސަލީމް (ރެޑްވޭވް) ކަމަށް ބ. އޭދަފުއްޓަށް އުފަން މަހުޖަނު ޗާންދަނީ އަހްމަދު ނަޒީރު ވިދާޅުވެއްޖެ އެވެ.

ސަލީމްގެ ކެމްޕޭން ލޯންޗު ކުރުމަށް ރޭ އޭދަފުށީ މަލްޓީޕާޕަސް ހޯލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޒީރު ވިދާޅުވީ އޭދަފުށީ ދާއިރާގެ ގޮނޑިއަށް ސަލީމު ހޮވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

“ސަލީމަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން އަޅުގަނޑު މިތަނަށް އައިސް މި ހުއްޓުނީ، އަޅުގަނޑު ދެކޭ ގޮތުގައި ސަލީމަކީ މިވަގުތު އަޅުގަނޑުމެން ހޮވަން އެންމެ ގާބިލް ކެންޑިޑޭޓް، ސަބަބަކީ އަޅުގަނޑު ވަރަށް ގާތުން ސަލީމުގެ ކަންތައް ބަލަމުން އަންނަނީ. މިރަށަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފަ އޮތް މަޝްރޫއަކީ ބިއް ހިއްކުން. ބިން ހިއްކުމުގެ މަޝްރޫއުގެ އެގްރީމެންޓްގައި ސޮއިކޮށް ނިމުމު އިރު ސަލީމު ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވަނީ،” ނައިބް ރައީސް ޑރ. އަހްމަދު ޖަމީލުވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ނަޒީރު ވިދާޅުވި އެވެ.

ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން  އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވަން ނިންމައިފައިވާ ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ  ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ.

ސަލީމުހެ ކެމްޕޭން ރަސްމީކޮށް ރޭ ލޯންޗު ކޮށްދެއްވީ ނައިބްރައީސް ޑރ. މުހައްމަސު ޖަމީލުގެ އާއި އެންވައިރަމްނަޓް މިނިސްޓަރު އިބްރާހިމް ތޯރިގު އަދި އަހްމަދު ނަޒީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.