ތައުލީމީ މަރުކަޒުގެ 36 ވަނަ އަހަރީދުވަހުގެ ހަރަކާތްތައް ފަށައިފި

ބ. އަތޮޅު ތައުލީމީ މަރުކަޒަށް 36 އަހަރު ފުރުން ފާހަގަކުރަން މިއަދު އޮތް އެސެމްބްލީގައި ދަރިވަރުންނާއި ޓީޗަރުން ބައިވެރިވަނީ: އަހަރީ ދުވަސް ފާހަގަކުރަން މާދަމާ ހަވީރު ކުޅިވަރު ހަވީރެއްވެސް  ކުރިއަށް ގެންދާނެ. --އީޓީ ފޮޓޯ: އަބޫ ޔައުލާ
ބ. އަތޮޅު ތައުލީމީ މަރުކަޒަށް 36 އަހަރު ފުރުން ފާހަގަކުރަން މިއަދު އޮތް އެސެމްބްލީގައި ދަރިވަރުންނާއި ޓީޗަރުން ބައިވެރިވަނީ: އަހަރީ ދުވަސް ފާހަގަކުރަން މާދަމާ ހަވީރު ކުޅިވަރު ހަވީރެއްވެސް ކުރިއަށް ގެންދާނެ. –އީޓީ ފޮޓޯ: އަބޫ ޔައުލާ

 

 ބ. އަތޮޅު ތައުލީމީ މަރުކަޒަށް 36 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ސްކޫލުން ބުނެފި އެވެ.

ފެބްރުއަރީ 24، 1978 ގައި ރާއްޖެތެރޭގައި ފުރަތަމަ ހުޅުވި ކޮމިޔުނިޓީ ސްކޫލް ކަމަށްވާ ބ. އަތޮޅު ތައުލީމީ މަރުކަޒަށް 36 އަހަރު ފުރޭނީ މާދަމާ އެވެ. އެހެން ނަމަވެސް އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ވަނީ ފަށައިފަ އެވެ. އަދި ބައެއް ހަރަކާތްތައް މާދަމާވެސް ކުރިއަށް ގެންދަން ސްކޫލުން ވަނީ ހަމަޖައްސާފައެވެ.

އެ ސްކޫލުން ބުނީ އަހަރީ ދުވަހުގެ އެންމެ ހާއްސަ ހަރަކާތެއްގެ ގޮތުގައި މިއަދު ހަވީރު ދެ ދަންފަޅީގެ ދަރިވަރުންނަށް ވަކިވަކިން ޚާއްސަ އެސެމްލީއެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އ

މިހާރު 700 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލަށް 36 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުން މާދަމާ ކުޅިވަރު ހަވީރެއް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން މާދަމާރޭ ހާއްސަ ކުއިޒެއްވެސް ބޭއްވުމަށް ވަނީ ރާވާފަ އެވެ.

ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ބ. އަތޮޅު ތައުލީމީ މަރުކަޒުންދަނީ ފާހަގަކުރެވޭ ފަދަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.