ސަލީމަށް ވޯޓް ދެއްވުމަށް ނައިބްރައީސް އެދިވަޑައިގެންފި

ސަލީމުގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން
ސަލީމުގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ޖަލްސާގެ ތެރެއިން

 

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބ. އޭދަފުށީ ދާއިރާ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ކާމިޔާބުކޮށްދިނުމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް ރޭ އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އޭދަފުށީ ދާއިރާ އަށް ވާދަކުރައްވާ އަހްމަދު ސަލީމުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޖަމީލު ވިދާޅުވީ ރައްޔިތުންގެ އަޑު އެމަނިކުފާނާ ހަމައަށް އިއްވެވުމުގައި ސަލީމަށްވުރެ ވަކި ކައިރިއެހެން އެއްވެސް ބޭފުޅެއް މަޖިލީހުގައި ނުހުންނަވާނެ ކަމަށެވެ، އަދި ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ އެންމެ ވަރުގަދަ އެއް ލީޑަރުގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

“އެހެންވީމާ ތިޔަބޭފުޅުން ސަލީމުގެ އަތުގައި ހިއްޕަވައިފި ކަމުގައިވާނަމަ، މިރަށުގެ ބިން ހިއްކުމާއި، ސާފު ބޯފެން ލިބުމަށާއި ބަނދަރު ބޭރު ތޮށި ހެދުމަށާއި އަދި ފަތުރުވެރިކަމުގެ ސިނާއަތު އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރޭގައި އިތުރަށް ފުޅާކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދޭނެކަމުގެ ޔަގީންކަންދެން،”

އިދިކޮޅު އެމްޑީޕީ އަށް ފާޑުވިދާޅުވަމުން ނައިބު ރައީސް ޖަމީލް ވިދާޅުވީ ރާއްޖޭގައި ހުރި ސްކޫލްތަކާއި ހޮސްޕިޓަލްތައް އެމްޑީޕީގެ ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ވީރާނާވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ކަންތައްތަކުގައި އެކި މީހުން ތަފާތު ވާހަކަދައްކާނެ އެވެ. އެހެން ނަމަވެސް، ހުރިހާ ފަރާތްތަކުން ވެސް ސުލްހަ އަށް ޖާގަ ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސުލްހަ އަށް ޖާގަ ދޭ ބަޔަކީ ޕީޕީއެމް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން އަހްމަދު ސަލީމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް މަގުފަހިވާނީ ޕީޕީއެމްގެ ކެންޑިޑޭޓަށް ވޮތްދީގެން ކަމަށެވެ. އަދި ވިދާޅުވީ އޭދަފުށީ ފުޓްބޯލަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުން މި ސަރުކާރުގެ ޕްލޭންގެ ތެރޭގައި ހިމެނިފައި އޮތް ކަމަށާއި ނަމަވެސް އެ މަޝްރޫއު ތަންކޮޅެއް ލަސްވާތީއާއެކު އެންމެ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް އިރުމަތީ ކޮޅުގައި އެޅުމަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ސަލީމު ވިދާޅުވީ މި ޕްރޮޖެކްޓަށް އޭނާ އަށް ސަޕޯޓްކުރި ފަރާތަކީ އަދި ފަންޑްކޮށްދޭ ފަރާތަކީ އޭދަފުށީގެ މިލިޔަނަރު ޗާންދަނީގޭ އަހްމަދު ނަޒީރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Ahmed Rashyd

    “ލަނޑަޔާ ވާނީ ލަނޑާ” އެއްގަލުން ފެހިކައިގެން، އެއް ވަލުން ގޮށްޖެހިފަ ތިބި ، ރައްޔިތުންނަށް އަވާމެންދުރު ދެއްކުމުގެ ލާމަސީލު މިސާލެއް. އޭދަފުށީ ގެ ރައްޔިތުންގެ އަޅުވެތިކޮށް ޢިއްޒަތާ ޤަދަރު ހިރަފުހާ މޮޑެލަނީ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.