ގަދަ ހިފުމަކަށް

ަމަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން--ފައިލް ފޮޓޯ
ަމަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން–ފައިލް ފޮޓޯ

 

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ މުޅި ރާއްޖޭގައި ވެސް ބާއްވާ އެންމެ ބޮޑު އެއް އިންތިހާބެވެ. އެ އިންތިހާބުގެ ކުލަވަރު މިހާރު ވެސް މުޅި ރާއްޖެއިން މިދަނީ ފެންނަމުންނެވެ. މި އަތޮޅުގައި ވެސް، އަދި މި ރަށުގައި ވެސް އޭގެ އަސަރުތައް އެބަހުއްޓެވެ. ތިން ކެންޑިޑޭޓެއްގެ ވާދަވެރިކަން މި ދާއިރާގައި މިހާރު ވެސް މި ވަނީ ބޮޑުވެފަ އެވެ. މިއީ، ކުރިއަށް އޮތް އިންތިހާބުގައި އޭދަފުށީ ދާއިރާގައި އެންމެ ވަރުގަދަ އަށް ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާ ތިން ބޭފުޅުންނެވެ.

އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)

ރެޑްވޭވް ސަލީމް
ރެޑްވޭވް ސަލީމް

މިއީ، އޭދަފުށީ އެންމެން ވެސް، އަދި މި ދާއިރާގެ އެންމެން ވެސް އަދި ރާއްޖޭގެ އެންމެން ވެސް ދަންނާނެ މޫނެކެވެ. އަހާނެ އަޑެކެވެ. ވިޔަފާރީގެ ދެވަނައެއް ނެތް ތަޖުރިބާކާރެކެވެ. މުޅި ރާއްޖޭގެ އެންމެ ބޮޑު އެއް ސުޕަމާޓް ބްރޭންޑް، ރެޑްވޭވްގެ އޯނަރަކީ ސަލީމެވެ. ވިޔަފާރީގެ ބޮޑު ތަޖުރިބާއާ އެކު، ސަލީމް މި ވަނީ ސިޔާސީ ގޮތުން ވެސް ކާމިޔާބު ހޯއްދަވައިފަ އެވެ. އޭނާ އަކީ މިހާރު ވެސް މި ދާއިރާގެ މެމްބަރެވެ. އޭދަފުއްޓަށް އުފަން، އަދި ފެށުނީއްސުރެ ވެސް ރަށުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ހިދުމަތްތެރި ބޭފުޅެކެވެ. ޕީޕީއެމްގެ ޓިކެޓްގައި ސަލީމް މި ދާއިރާ އަށް މި ފަހަރު ވާދަކުރައްވާއިރު، ސަލީމް ވަނީ މިހާރު ހިނގަމުންދާ ދައުރު ޖެހިލުމެއް ނެތި މަޖިލީހުގައި ވަކާލާތުކޮށްދެއްވައިފަ އެވެ.

އަބްދުﷲ ޔަޒީދު (މުއާ)

އަބްދުﷲ ޒަޔީދު
އަބްދުﷲ ޒަޔީދު

ސިޔާސީ ދާއިރާ އަށް އާ ނަމެކެވެ. އާ މޫނެކެވެ. އެކަމަކު އޭނާގެ ބަސްތައް ވަރުގަދަ އެވެ. އަޒުމް ވަރުގަދަ އެވެ. އުންމީދުތައް ފޮންޏެވެ. މިހާރު މާސްޓާސް އަށް ކިޔަވާ ވިދާޅުވަމުން ގެންދަވާ ޒުވާން މުއާގެ ސިޔާސީ ހަޔާތް ފެއްޓެވިތާ މާ ގިނަ އަހަރުތަކެއް އަދި ނުވެ އެވެ. އެ ކުރު މުއްދަތުގެ ތެރޭގައި އޭނާ ވަނީ އަޒުމާއި ރޫހާ އެކު ކާމިޔާބު މަސައްކަތްތަކެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އޭދަފުއްޓަށް އުފަން، އަމިއްލަ ވިޔަފާރީގެ ތެރޭގައި މިހާރު ހަރަކާތްތެރިވެ ވަޑައިގަންނަވާ މުއާގެ ޓީމު ޒުވާނެވެ. އޭނާއަކީ އެއްގޮތެއްގައި ހިފަހައްޓަވަމުން ގެންދަވާ ބޭފުޅެކެވެ. މުއާ ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

 

އަލްއުސްތާޒާ ހިސާން ހުސެއިން

އަލްއުސްތާޒާ ހިސާން ހުސައިން
އަލްއުސްތާޒާ ހިސާން ހުސައިން

އެމްޑީޕީގެ އެންމެ ކުރީ ސަފުގެ ފަހުލަވާނު، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ލޯޔަރުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލްއުސްތާޒާ ހިސާން ހުސެއިނަކީ ގާނޫނީ ބޭފުޅެކެވެ. އޭނާ އަކީ ބ. އަތޮޅުގެ މަޝްހޫރު، ހިތާދޫ ޝެއިޚު ހުސެއިން ޔޫސުފުގެ ދަރިކަނބަލެކެވެ. ކައިވެންޏެއް ބައްލަވައިގެން ހުންނެވި، އަދި ހަތް މަހުގެ ތުއްތު ބޭފުޅެއްގެ މަންމައެއްގެ ޒިންމާ ނަންގަވަމުން ގެންދަވާ ހިސާނަކީ 2006 ވަނަ އަހަރު އިނގިރޭސިވިލާތުން ކޮމާޝަލް ލޯއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އޭނާ އަކީ ރައީސް އޮފީހުގެ ވަގުތީ ކެބިނެޓް ސެކްރެޓަރީ އެވެ. އަދި، 34 އަހަރުގެ ޒުވާން މި ގާނޫނީ ވަކީލަކީ 2010 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ އޭދަފުށީ ދާއިރާގެ ރައީސް ވެސް މެ އެވެ. މ. ނޫހިރި ހިސާނަކީ މިހާރު ރިފްއަތު އެންޑް ކޯ، ލޯފާމްގެ މެނެޖިން ޕާޓްނަރެކެވެ. މިއީ، އިލްމީ، ގާނޫނީ އަދި ސިޔާސީ ވެސް ވަރުގަދަ ޝަޚުސިއްޔަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.