އިންޑިއާގެ ހޮސްޕިޓަލަކާ ގުޅިގެން ޚާއްސަ އައިކޭމްޕެއް ބާއްވަނީ

66238_1312625642_news

އިންޑިޔާ ހޮސްޕިޓަލަކާ ގުޅިގެން، ބ. އޭދަފުށީގައި ލޮލުގެ ބަލިތަކާ ބެހޭ ޚާއްސަ ކޭމްޕެއް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

ބެންގަލޫރުގެ އެފްއެމްއައި ކްލޮނިކަލް އެންޑް ސާޖިކަލް ސެންޓަރާއި ބ. އަތޮޅު ހޮސްޕިޓަލުު ގުޅިގެން މާޗު 14 އިން 16 އަށް ބ. އަތޮޅުހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕުގައި ބޮޑެތި އޮޕަރޭޝަންތައް ނޫން ލޮލުގެ ހުރިހާ ބައްޔަކަށް ފަރުވާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.

ކޭމްޕް އިންތިޒާމުކުރާ ފަރާތުން ބުނީ މިފަދަ ކޭމްޕެއް އޭދަފުށީގައި ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ މި ރީޖަންގައި މިކަމުގެ ސްޕެޝަލިސްޓުން ނެތުމާއި ބައެއް ޕޭޝަންޓުން ބޮޑެތި ޚަރަދުކޮށް މާލެ އާއި ރާއްޖެއިން ބޭރަށް ދާންޖެހޭތީ. މީހުންނަށް ލުއިފަސޭހައެއް ހޯދައިދިނުން ކަމަށެވެ.

މި ކޭމްޕުގައި ބައިވެރިވާނީ ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ބެންގަލޫރުގެ އެފްއެމްއައި ކްލޮނިކަލް އެންޑް ސާޖިކަލް ސެންޓަރުގެ ޑައިރެކްޓަރު ޑރ. އެފްއެމް މުއީނުއްދީން އަހްމަދު އެވެ. މި ކޭމްޕްގައި ލޮލުގެ ފެނުމުގެ ފެންވަރު ބަލައިދިނުމާއި، ލޮލަށްޖެހޭ ތަފާތު ބަލިތަކަށް ފަރުވާދިނުމާއި، ލޮލުގައި އުފެދޭ ޖަރާސީމުތައް ނައްތާލުމުގެ އިތުރުން ލޮލުގެ ނަންބަރު ނަގައި ދިނުމާއި ލޮލުގެ ނަންބަރަށް ލޮލުގައި ދާއިމީ ލެންސް ލެއްވުން ހިމެނެ އެވެ. ޑޮކްޓަރަށް ދެއްކުމަށް ނަގަނީ 300ރ އެވެ.

މި ކޭމްޕަގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން ބ. އަތޮޅުހޮސްޕިޓަލަށް ގުޅައިގެން އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.