ހިސާންގެ ކެމްޕޭނަށް ދަނީ ހުރަަސްއަޅަމުން: ކެމްޕޭން ޓީމު

ހިސާންގެ ކެމްޕެން ޕޯސްޓަރުތަކަށް ގެއްލުންދީފައި
ހިސާންގެ ކެމްޕެން ޕޯސްޓަރުތަކަށް ގެއްލުންދީފައި

 

ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އޭދަފުށީ ދާއިރާ އަށް ވާދަކުރައްވާ އަލްއުސްތާޒާ ހިސާން ހުސައިންގެ ކެމްޕޭނަށް އޭދަފުށީ ކައުންސިލުގެ ބައެއް މެންބަރުންނާއި ޕީޕީއެމްއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ހުރަސް އަޅަމުން އަންނަ ކަމަށް ހިސާން ހުސައިންގެ އޭދަފުށީ ކެމްޕޭން ޓީމުން މިރޭ ތުހުމަތުކޮށްފި އެވެ.

އެމްޑިޕީ އޭދަފުށީ ކެމްޕޭން ޓީމުގެ ފަރާތުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އޭދަފުށީގެ ބައެއް މަގުތަކުހައި ދަމާފައިވާ އަދި ރަށޫގެ ބައެއް ސަރަހައްދު ތަކުގައި ހަރުކޮށްފައިވާ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުންދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެމްޑީޕީގެ ފަރާތުން ހިސާން ހުސައިންގެ ކެމްޕެއިންގައި ހަރަކާތްތެރިވާ ޓީމަށް އެކިގޮތްގޮތުން ބިރުދައްކައި އިންޒާރުދިނުމަށް އޭދަފުށީގެ ޕީޕީއެމް އަށް ނިސްބަތްވާ ބައެއް ކައުންސިލަރުން ކުރައްވަމުންގެންދާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

“މިފަދަ ދަށު ދަރަޖައިގެ ނާތަހުޒީބީ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލައި، ރަށުގެ އަމަންކަމާއި ސްލުހަވެރިކަން އިސްކޮށް، ޑިމޮކްރަސީގެ ރިވެތި ހަމަތަކުގެ މަތިން ހަމަަހަމަ ކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ހުރިހާ ކެންޑިޑޭޓުންނަށްވެސް ލިބިދިނުމަށް ގޮވާލަމެވެ. އަދި މިފަދަ ނާތަހުޒީބީ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލަމެވެ،” ބަޔާނުގައިވެ އެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.