ކައުންސިލަރުން ހުވާކުރެއްވުން މިއަދު 9 ޖަހާއިރު

ކައުންސިލަރުން ހުވާ ކުރެއްުމުގެ ރަސްމިއްޔާތަށް މަލްޑިޕާޕަސް ހޯލު ތައްޔާރުކޮށްފައި
ކައުންސިލަރުން ހުވާ ކުރެއްުމުގެ ރަސްމިއްޔާތަށް މަލްޓިޕާޕަސް ހޯލު ތައްޔާރުކޮށްފައި

 

ބ. އަތޮޅު ކައުންސިލަރާއި އޭދަފުށީ ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މަލްޓިޕާޕަސް ހޯލުގައި މިއަދު ހެނދުނު 9:00 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލަށް ހޮވިވަޑައިގަތް މެމްބަރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާ އިރު، މަލްޓިޕާޕަސް ހޯލު އެކަމަށް ވަރަށް ބޮޑަށް ތައްޔާރު ކޮށްފައިވާ ކަމަށެވެ.

ހުވާކުރުމުގެ ރަސްމިއަޔާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ބ. އަތޮޅު ކައުންސިލުން އެދެއެވެ.

އާ ކައުންސިލަރުން މިއަދު މަގާމާ ހަވާލުވާއިރު ކުރީ ދައުރުގައި ހިނގައިދިޔަ ކަންތައްތަކާއި ކުރަން ރާވާފައި ހުރި ކަންތައްތަކާއި ގޮންޖެހުންތަކާއި އެ ނޫން ވެސް ކަންކަން އަލަށް އިންތިހާބުވީ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށް އެލްޖޭއޭ އިން ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. ކައުންސިލްތަކުގެ ޕްރޮޖެކްޓްތަކާއި މައްސަލަތަކާއި ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލު ވެސް އެ ކޮމެޓީން ކައުންސިލަރުންނާ ހިއްސާކުރަން ޖެހޭނެ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.