ބ. އަތޮޅު ކައުންސިލުގެ ރައީސްއަކަށް އާދިލް

އާދިލު މިއަދު ހުވާކުރައްވަނީ
އާދިލު މިއަދު ހުވާކުރައްވަނީ

 މިއަދު އަލަން އިންތިހާބު ކުރެވުނު ބ. އަތޮޅު ކައުންސިލުގެ ރައީސް އަކަށް  މުހައްމަދު އާދިލް އަދި ރައިބު ރައީސް ކަމަށް މަބްރޫކު ނަސީރު އިންތިހާބުކޮށްފި އެވެ.

ކައުންސިލްގެ މެމްބަރުން ހުވާ ކުރެއްވުމަށް އަތޮޅު ބ. ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އަތޮޅު ކައުންސިލުގެ މި ދައުރުގެ ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ދާއިރާއިން ކައުންސިލަށް ހޮވި ވަޑައިގަތް އާދިލް އިންތިހާބު ކޮށްފައި ވަނީ ކައުންސިލްގެ 6 މެމްބަރުންގެ ތެރެއިން ހަތަރު ބޭފުޅަކު އޭނާ އަށް ވޯޓު ދެއްވައިގެންނެވެ. ރައީސް ކަމަށް ކުރިމަތިލެއްވީވެސް އާދިލު އެކަންޏެވެ.

ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

 ބ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް ކަމަށް އެމްޑީޕީ ޓިކެޓްގައި އޭދަފުށީ ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގަތް މަބުރޫކު ނަސީރު އިންތިހާބު ކޮށްފައި ވަނީ ދެ ބޭފުޅަކާ ވާދަކުރައްވައި ފަސް ވޯޓުންނެވެ. މަބުރޫކާ ވާދަކުރެއްވި ކެންދޫ ދާއިރާގެ ސިރާޖު އަށް ލިބިވަޑައިގަތީ އެއް ވޯޓެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް އަދި ނައިބްރައީސް އިންތިހާޞުކުރުމުގެ ޖަލްސާ އޮންނާނީ މެންދުރު ފަހު އެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. mary

    އަދިކިރިޔާ ދޯ ހަސަނަށް މިއެގުނީ ރަށުމީހުންކަން ކައުސިލްތަކަށް ހޮވަންޖެހެނީ!ކުރިން މިކަން އެގުނުނަމަ އެލަދުން ސަލާމަތްވެވުނީސްތާ!

    ރައްދު
  2. ހުސައިން ޚަލީލު

    ބ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު އާދިލަށް މަރުޚަބާ !!! އަދި ނައިބް ރައީސް މަބްރޫކު ނަޞީރަށް މަރުޚަބާ!! ފުރަތަމަ ދައުރުގެ 3 އަހަރުގެ ފެއިލްވެފަައިވާ ކައުންސިލަރުން ތެރެއިން ބޭފުޅަކު އަތޮޅު ކައުންސިލްގެ ރައީސަށް ނެގުމަކީ އެންމެ ރަގަޅު ކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އެއީ ރައީސަކީ ވަރަށް ޒިންމާތަކެއް ނެގިގެން އަތޮޅު ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެ ޤަވައިދުން އޮފީހަށް އައިސް އުޅޭ ފަދަ ޖަވާބު ދާރީ ވެވޭފަދަ މީހަކަށް ވާން އެބަޖެހެއެވެ. ހަފްތާ ބަންދުގަ އާއިލާ ކައިރިޔަށް މާލެދާ ގޮތަށް 4 ދުވަސް މާލޭގަ 3 ދުވަސް އަމިއްލަ ރަށުގައި ، ދެން އިދާރައަށް އާދެވޭނީ 1 ހަފްތާ ނޫނީ މަސް ނިމޭ ތަނުން މުސާރަ ޝީޓްގައި ސޮއިކޮށްލަން ، ފުރަތަމަ ދައުރުގެ 3 އަހަރުގެ ގިނަ ކައުންސިލްތަކެއް ވަނީ އަނދިރީގެ ތެރެއަށް ގެއްލިފައެވެ. ރައްޔިތުން ބޭނުންވި ކައުންސިލްތައް އައިސް ބޭނުންވި އެއްވެސް ކަމެއް ނުވެ ، ހިލުންގަނޑެއްގެ ތެރޭގައި ކަންފަތިވަމުންދާ އިރު މިކަން ބޮޑުވުންތައް ހައްލުވެ ކޮޅެއްގައި ޖެހިދާނެ ދުވަހެއް އަދި ރައްޔިތުންނަކަށް ފެންނާކަށް ނެތެވެ.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.