މިއަދު އަލަށް އިންތިހާބުކުރި ބ. އޭދަފުށި ކައުންސިލުގެ ރައީސަކަށް މިހާރުވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ ޕީޕީއެމް ގެ މެންބަރު އަލީ ވަހީދު ހޮވައިފި އެވެ.
ނައިބު ރައީސަކަށް ހޮވުނީ މުހައްމަދު ނައުރީފު އެވެ.
މިއަދު މެންދުރު ފަހު ބޭއްވި އެ ކައުންސިލުގެ ފުރަތަމަ ބައްދަލުވުުމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހަތް ކައުންސިލަރުންގެ ތެރެއިން ފަސް ބޭފުޅަކު އަލީ ވަހީދަށް އަށް ވޯޓު ދެއްވި އިރު ނައިބު ރައީސް ހޮވުމަށް ނެގި ވޯޓްގައި ނައުރީފަށް ލިބިވަޑައިގަތީ ހަތަރު ވޯޓެވެ. ނައިބު ރައީސްގެ މަގާމަށް ދެން ވާދަކުރި ނާޒްނީން އަށް ލިބިވަޑައިގަތީ 3 ވޯޓެވެ.
މިއަދު ވަނީ ބ. އަތޮޅު ކައުންސިލުގެ ރައީސް އާއި ނައިބު ރައީސްވެސް ހޮވައިފަ އެވެެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ އަތޮޅު ކައުންސިލުގެ ރައީސްކަމަށް މުހައްމަދު އާދިލު ހޮވުނުއިރު ނައިބްރައީސް ކަމަށް ހޮވުނީ މަބްރޫކު ނަސީރެވެ.