ކޮންމެ އަހަރަކު 3 މީހުން ހައްޖަށް ފޮނުވާނަން: ޔަޒީދު

2292_13031247613ff24d682ca2605bfde5f4a9152ac448

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލައްވާފައިވާ އަބްދުﷲ ޔަޒީދު (މުއާ) އޭދަފުށި ދާއިރާއަށް އިންތިހާބު ކޮށްދެއްވައިފިނަމަ، ކޮންމެ އަހަރަކު 3 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖަށް ފޮނުވާނެކަމަށް ޔަޒީދު ވިދާޅުވެއްޖެ އެވެ.

ޔަޒީދު ވިދާޅުވީ ހައްޖަކީ މާތްވެގެންވާ އަޅުކަމެއްކަމަށާއި އަދި ހައްޖުގެ އަޅުކަން އަދާކުރުމަށް ތަނަވަސްކަން ލިބިގެން ނުވާ މީހުންނަށް މިފަދަ އެހީއެއް ވުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.

“އަޅުގަނޑުމެން ތަރައްޤީއާއި އުފާވެރިކަމުގެ ވާހަކަ ދައްކަން ފެށުމުން ބައެއް ބޭފުޅުންނަށް ތަރައްޤީގެ ނިދިން ހޭލެވިއްޖެ. އަދި މިފަދަ ވާދަވެރިކަމެއްގައި ރަށަށް އަންނަ ކޮންމެ ކުރިއެރުމަކީ އުފާވާކަމެއް،” ޔަޒީދު ވިދާޅުވިއެވެ.

 ޔަޒީދު ވިދާޅުވީ ސިޔާސީ މައިދާނަށް ޤާބިލް ކެރޭ ތައުލީމީ ޒުވާނުން ނިކުތުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށާއި މިއީ “އުފާވެރިކަމުގެ ފެށުމެއް” ކަމަށެވެ. އަދި މާޒީން އިބްރަތް ލިބިގަންނަން ޖެހޭ ދަނޑިވަޅު އައިސްފައިވާކަމަށާއި ކުރިންނުވިކަމެއް ފަހަކުން ނުވާނޭކަމަށާއި އަދި މުސްތަޤްބަލްގައި ކަންކުރާނެގޮތް އެގޭނީ މާޒީގައި ކަންކޮށްފައިވާ ގޮތުން ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. RED

    ކިހާދެރަކަމެއް ސަލީމުގެ ވޯޓްތަކޭ މިގެއްލެނީ! ސަލީމަށް ދަންނަވަން އޮތީ އަހަރަކު 5 މީހުން ހައްޖަށް ފޮނުވާގޮތަށް މިހާރުން މިހާރަށް ނިންމުމަށް! މީ ސަލީމަށް ނުވާނެވަރުގެކަމެއްނޫން!

    ރައްދު
  2. އިމްޔާނު

    ކަންކަމަށް ކުރިމަތިލާ މީހުން މޮޅުވާހަކަ ދެއްކުމަކީ އާއްމުކަމެއް. ފުރަތަމަ ގެންގުޅުނީ ޗާޓެއް. މިހާރު އެވާހަކަ ނުދައްކާ. ޔަޒީދު ތިކަމާއުޅުމުން މީހުން މިހާރު މަލާމަތްކުރަނީ. ތިހެން އުޅުނީމާ އެމް.ޑީ.ޕީގެ ވޯތުތަކެއް ގެއްލެނީ. އެކަމު ލިބޭނީ 3 ވަނަކަން ކަށަވަރު ޔަގީން. އޭދަފުށީ 3 ފޮށިން ލިބޭނީ 80-130 ވޯޓާ ދެމެދު އަދަދެއް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.