ބްލޫ ހައުސް ނެޓުބޯޅަ ދެޓީމު ޗެމްޕިއަންކަން ހޯދައިފި

DSC_0532

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 2014 ވަނަ އަހަރުގެ އިންޓަހައުސް ނެޓުބޯޅަ މުބާރާތުގެ ޖޫނިއާ އަދި ސީނިއާ ބައިގެ ޗެމްޕިއަންކަން ބްލޫ ހައުސް ހޯދައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކުޅެވުނު ޖޫނިއާ ފައިނަލް މެޗުގައި ޗެމްޕިއަން ރެޑް ހައުސްގެ މައްޗަށް ބްލޫ ކުރިހޯދީ 9-2 އިންނެވެ. އަދި ސީނިއާ ބައިގެ ފައިނަލުގައި ޗެމްޕިއަން ވައިލެޓް ހައުސްގެ މައްޗަށް ބްލޫ ކުރިހޯދީ 12-8 އިންނެވެ.

DSC_0542 ޖޫނިއާ ބައިގެ މެޗުތަކުގެ ކުއީން އޮފް ދަ މެޗަށް ހޮވުނު ކުދިންންނަށް ބަލައިލާއިރު ފުރަތަމަ މެޗާއި ފަސްވަނަ މެޗުގެ ކުއީން އޮފް ދަ މެޗަށް ވައިލެޓް ހައުސްގެ މަލައިކާ މުހަންމަދު އާރިފް ހޮވުނުއިރު ދެވަނަ މެޗުގައި ހޮވުނީ ރެޑް ހައުސްގެ ހިނާ ހަމްދީއެވެ. ހަތަރުވަނަ މެޗުގައި ހޮވުނީ ޔެލޯ ހައުސްގެ ހިޝްމާ ހަސަނެވެ. ތިންވަނަ މެޗާއި ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ ބްލޫ ހައުސްގެ އާއިޝަތު ނައިހާއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ވައިލެޓް ހައުސްގެ މަލައިކާ މުހަންމަދު އާރިފާއި ރެޑް ހައުސްގެ އާމިނަތު ސޫރާއާއި ޔެލޯ ހައުސްގެ ހިޝްމާ ހަސަންގެ އިތުރުން ބްލޫ ހައުސްގެ އާއިޝަތު ނައިހާ އަދި ވައިލެޓް ހައުސްގެ މަރިޔަމް ރިޒްނާއެވެ. މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓަށް ހޮވުނީ ބްލޫ ހައުސްގެ އާއިޝަތު ނައިހާއެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޔެލޯ ހައުސްއެވެ.

DSC_0450

ސީނިއާ ބައިގެ މެޗުތަކުގެ ކުއީން އޮފް ދަ މެޗަށް ހޮވުނު ކުދިންންނަށް ބަލައިލާއިރު ފުރަތަމަ މެޗާއި ހަތަރުވަނަ މެޗުގެ ކުއީން އޮފް ދަ މެޗަށް ރެޑް ހައުސްގެ ނޫރުލް ހުދާ އަހުމަދު ހޮވުނުއިރު ތިންވަނަ މެޗުގައި ހޮވުނީ ބްލޫ ހައުސްގެ ރަޝާ ރިޒާއެވެ. ފަސްވަނަ މެޗުގައި ހޮވުނީ ވައިލެޓް ހައުސްގެ ނަޖުވާ އިބްރާހީމް ރަޝީދެވެ. ދެވަނަ މެޗާއި ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ ބްލޫ ހައުސްގެ އާމިނަތު ރަޝީދާއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ރެޑް ހައުސްގެ ނޫރުލް ހުދާ އަހުމަދާއި ބްލޫ ހައުސްގެ ރަޝާ ރިޒާއާއި ބްލޫ ހައުސްގެ އާމިނަތު ރަޝީދާގެ އިތުރުން ވައިލެޓް ހައުސްގެ ނަޖުވާ އިބްރާހީމް ރަޝީދު އަދި ރެޑް ހައުސްގެ ފާތިމަތު ފައިހާއެވެ. މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓަށް ހޮވުނީ ބްލޫ ހައުސްގެ އާމިނަތު ރަޝީދާއެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ޔެލޯ ހައުސްއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.