
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަބްދުﷲ ޔަޒީދުގެ ދާއިރާގެ ރައްޔިތުންނަށް ހާއްސަކޮށްގެން ތަޢުލީމީ ބޮޑެތި ވަޢުދުތަކެއް އިޢުލާން ކުރައްވައިފި އެވެ.
ޔަޒީދު މިރޭ އިއުލާން ކުރެއްވި ވައުދުތަކުގެ ތެރޭގައި ދާއިރާގެ ތިން ރަށުގެ ހުރިހާ ޕްރީ ސުކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ސްކޫލް ފީ ހިލޭ ހަމަޖައްސައި ދިނުމާއި އަދި މަތީ ތައުލީމު ހާސިލްކުރުމަށް ސައިރިކްސް ކޮލެޖާއި ގުޅިގެން ކޮންމެ އަހަރަކު ދިހަ ސްކޯލަޝިޕްވެސް ހިމެނެ އެވެ.
އަދި ޕްރީ ސްކޫލްތަކުގައި ކިޔަވާކުދިންގެ މާޗް މަހުގެ ފީ މިހާރުން މިހާރަށް ދައްކަވަން ނިންމަވާފައިވާ ކަމަށާއި ސައިރިކްސް ކްލޮޖާއި ގުޅިގެން މިއަހަރު ދިނުމަށް ނިންމަވާފައިވާ ދިހަ ސްކޯލަޝިޕް ކުރިއަށް އޮތް ހަފުތާގައި އިޢުލާން ކުރެވޭނެކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
އޭދަފުށި ދާއިރާއަށް އިންތިހާބު ކޮށްދެއްވައިފިނަމަ، ކޮންމެ އަހަރަކު 3 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖަށް ފޮނުވާނެކަމަށްވެސް ޔަޒީދު ވަނީ ވިދާޅުވެފަ އެވެ.
ޔަޒީދު ވިދާޅުވީ ސިޔާސީ މައިދާނަށް ޤާބިލް ކެރޭ ތައުލީމީ ޒުވާނުން ނިކުތުމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށާއި މިއީ “އުފާވެރިކަމުގެ ފެށުމެއް” ކަމަށެވެ. އަދި މާޒީން އިބްރަތް ލިބިގަންނަން ޖެހޭ ދަނޑިވަޅު އައިސްފައިވާކަމަށާއި ކުރިންނުވިކަމެއް ފަހަކުން ނުވާނޭކަމަށާއި އަދި މުސްތަޤްބަލްގައި ކަންކުރާނެގޮތް އެގޭނީ މާޒީގައި ކަންކޮށްފައިވާ ގޮތުން ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
މީނަ ދާނީ 3 ވަނައަށް ވަރަށް ތަފާތުވެސް ބޮޑުވާނެ – ސޮރީ
ބަހިއްޔާ ޕްރީސްކޫލް މުއްސަދި މަހުޖަނަކަށް ހިލޭސާބަހަށް ދީގެން ބެލެނިވެރިން ލައްވާ މުޅިރަށުގަ ސަލާން ޖަހުވަނީ ލާރިހޯދަން މިދެންބޮޑުވަރެއް.. .. ސްކޫލަށްދާ ކޮންމެދުވަހަކު ކޮންމެވެސް ފޮޓޯތަކެއް،ކަރުދާސް،މިހެންގޮސް ކިޔާނެކަމެއްނެތް …ކުލާހަށް ބޭނުންވާ އެއްޗެހިވެސް ގަނެދޭން މިޖެހެނީ ހަމަ ބެލެނިވެރިންނަށް…އެތަނަކީ ބައްދަލުވުން ތަކާ މުބާރާތްތަކާ ޖަލްސާތައް ބޭއްވޭގޮތަށް ހަދާފަހުރިތަނެއް މިހާރު އޭގެއެއްވެސް ފަސޭހައެއްނެތް ދާންމިޖެހެނީ ސައިހޮޓަލެއްތެރެއަށް….
މި ޕީޕީޕީ މީހުން ހާދަޖޭވެޔޭ އެހެންމީހަކު ކަމެއްކޮށްދޭން އުޅެފިއްޔާ!ކޮބާ ހުސްނުވާ އާސަންދަ،ދެބޭސް ލިބުނިއްޔާ އަނެއް ތިންބޭސް މިޖެހެނީ ގަންނަން…100 ދުވަހޭކިޔައިގެން ޓީވީއަށް އަރާ ފޮނީކެޑިއިރު މިއޮތީ މާބަނޑުމީހަކަށް އެއިޑްސް ޖައްސާފަ،،،އެވެސް އެ 100ދުވަހުތެރޭ.. ހީކުރީ އޮޅުވާލައިގެން ތިބެވިދާނެކަމަށް…
ބަޔަކު ކަމެއްކުރީ މަ ދެރަނުވޭ ހަޖަމްކުރޭ
ދެރަނުވާތި 100 ދުވަހު 100 ދޮގުހަދާ ނިމިއްޖެ ، ޕްރީސްކޫލް ކީއްކުރަން މިހާރު މިއޮތް ސަރުކާރުން ކޯޓްތައް މެދުވެރިކޮށް މީހަކު ހައްޖަށް ފޮނުވިޔަވެސް ނުދޭނެ ، ތެލި ،ސިމެންތި ތަށިމުއްޓަށް ވިކިފައި
ރައްޔިތުންނަށް އޮޅުވާލިޔަސް ތީބޮޑުވަރު
ދެލޯފުޅާ ޕްރީ ސްކޫލްތަކުގައި ހިލޭ ކިޔަވާދިނުމަކީ މިހާރު މިއޮތް ސަރުކާރުގެ ވަޢުދެއް މަހެއްހާ ދުވަހުގެ މުއްދަތުގައި އެކަން ހަމަޖެހިގެން ދާނެ،،،