އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި އަރުޝަމް

އަރުޝަމަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ-- ފޮޓޯ ރައީސް އޮފީސް
އަރުޝަމަށް ރައީސް ޔާމީން އިނާމު ހަވާލުކޮށްދެއްވަނީ– ފޮޓޯ ރައީސް އޮފީސް

 

މިދިޔަ އަހަރު މެއި/ޖޫން ގައި ބޭއްވި އެޑެކްސެލް އޭ ލެވެލް އިމްތިހާނުގައި މުޅި ރާއްޖެއިން އެއް ވަނަ އަށް ހޮވުނު 11 ދަރިވަރުންގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމީ ހާސިލުކުރި އަލީ އަރުޝަމް ހިމެނިއްޖެ އެވެ.

އޭލެވެލް އިމްތިހާނުގައި ފިޒިކްސް މާއްދާއިން ރާއްޖޭއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައިވެސް އަރުޝަމުވަނީ ހިމެނިފަ އެވެ.

5955_51968_8dee6f80f_އަރުޝަމްގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު ތައުލީމު ހާސިލުކުރި ބ. މާޅޮހު، އެއިޓް، މުނާ އަބްދުއްރަޝީދުވެސް ވަނީ އޭލެވެލް ގަދަ ދިހައެއްގެ ދެ ވަނައިގައި ހިމެނިފަ އެވެ. އަދި މީގެ އިތުރުން އޭދަފުށީ ދެ ކައްޖަކު އޭލެވެލް އެންމެ ރަނަގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރޭގައި ވަނީ ހިމެނިފަ އެވެ. އެއީ ވިލާ ހައި ސްކޫލުގައި ތައުލީމު ހާސިލުކުރި މިރަށު ތާރީފް އައިޝަތު ޝިފާނާ އާއި، ސީއެޗްއެސްސީ އިން ތައުލީމް ހާސިލުކުރި ޝީޓްމާގޭ ހަސަން ޖުނާހު ޖަމީލު އެވެ.

މީގެ އިތުރުން އެކައުންޓުން ފުލް މާކްސް ހޯދައިގެން ދުނިޔޭގެ އެއް ވަނައިގައި ބ. މާޅޮސް، ޅޮސްމާވިލާ، ހަނާން ނައީމުވެސް ވަނީ ހިމެނިފަ އެވެ.

މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން 18 ސްކޫލަކުން 126 ދަރިވަރުން އޭލެވެލްގެ ގަދަ 10 ވަނާގައި ހިމެނިފައިވެ އެވެ. އެއީ 72 އަންހެން ދަރިވަރުންނާއި 54 ފިރިހެން ދަރިވަރުންނެވެ.

މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގެ ނަތީޖާ އިއުލާނުކޮށް މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި އެރަސްމިއްޔާތުގައި މަތީ ތައުލީމަށް ކިޔެވުމުގެ 1،000 ފުރުސަތު ރައީސް އަބްދުﷲ ޔާމީން އެރޭ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.