ރެޑްވޭވް ސަލީމް މާޅޮހު ޕްރީ ސްކޫލަށް 16،000ރ ހަދިޔާކޮށްފި

ސަލީމް ކެންޕޭން ދަތުރެއްގައި ހިތާދޫ ބަޔަކާ ވާހަކަ ދައްކަވަނީ.
ސަލީމް ކެންޕޭން ދަތުރެއްގައި ހިތާދޫ ބަޔަކާ ވާހަކަ ދައްކަވަނީ.

ބ. މާޅޮހު ރައްޔިތުންގެ ޕްރީ ސްކޫލަށް ބ. އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) 16،000 ރ. ހަދިޔާކޮށްފި އެވެ.

ސަލީމް ކެންޕޭން އޮފީހުން ބުނީ މި އެހީއަކީ އެރަށުގައި އަލަށް އިމާރާތްކޮށް ހިންގަން ފެށުމަށް ތައްޔާރުވަމުންދާ ރައްޔިތުންގެ ޕްރީ ސްކޫލަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށް ހަވާލުކުރެވުނު ފައިސާކަމަށެވެ.

މިފައިސާ ހަވާލުކޮށްފައިވަނީ ޕްރީ ސްކޫލް ހިންގުމާ ހަވާލުވެފައިވާ އެރަށު އިލްމު ޖަމްއިއްޔާއާ އެވެ.

މާޅޮހު ރައްޔިތުންގެ ޕްރީ ސްކޫލް އިލްމު ޖަމްއިއްޔާއިން ހިންގަން ތައްޔާރުވަމުން އަންނައިރު، މިވަގުތު މާޅޮހުގައި އަމިއްލަ ޕްރީ ސްކޫލެއްގެ ގޮތުގައި ޕްރީ ސްކޫލްގެ ހިދުމަތް ދެމުންގެންދަނީ އެރަށު މާރެސް ޖަމްއިއްޔާއިންނެވެ.

މާޅޮހުގެ ތައުލީމު ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން މިދިޔައަހަރު އެރަށު މަދަރުސާއަށްވެސް ސަލީމްވަނީ 30000ރ ގެެ އަގުހުރި ސާމާނުތަކެއް ހަދިޔާކޮށްފަ އެވެ. އަދި މިދިޔަމަހު ބ. އަތޮޅު ތައުލީމީ މަރުކަޒަށްވެސް 25000ރ ވަނީ ހަދިޔާކޮށްފައެވެ. އަދި އޭދަފުށީގައި ހުންނަ ވިލާކޮލެޖްގައި އަލަށް މާސްޓާޒް ޑިގުރީ ހަދާ ކުދިންނަށް އެހީވުމުގެ ގޮތުން އެއްލައްކަ ރުފިޔާ ދިނުމަށް ނިންމާފައިވާކަމަވެސް ސަލީމް ކެމްޕޭން އޮފީހުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.