ކިހާދޫ ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗްވެސް ހަމަހަމަވެގެން ނިމިއްޖެ

މިއަހަރު ޒޯން ފުޓްބޯޅަ މުބާރާތުގައި މާޅޮސްމަޑުލު ދެކުނުބުރިން ހަމައެކަނި ބައިވެރިވެފައިވާ ޓީމްކަމުގައިވާ އޭދަފުށީ ޔޫތް ސްޕޯޓްސް ކްލަބުން ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުޅުނު ހަތަރުވަނަ މެޗުން އެއްވަރުވެއްޖެ އެވެ.
ދެ ހާސް ފަސް ވަނަ އަހަރު އޭދަފުށީގައި ބޭއްވި ލެކިއުޓްކަޕް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީގެ ޓީމްތަކަށް ސިހުމެއްގެނައި ކިހާދޫގެ ޓީމާއެކު އޭދަފުށީގައި ޔޫތުން މިއަދު ކުޅުނުމެޗް އެއްވަރުވެފައިވަނީ 2-2 ންނެވެ. މިއީ އޭދަފުށީ ޔޫތް ސްޕޯޓްސް ކްލަބް ޒޯންމުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ކުޅުނު ހަތަރުވަނަމެޗެވެ. އެހެންނަމަވެސް މިހާތަނަށްކުޅުނު އެއްވެސް މެޗަކުން މިޓީމް މޮޅުވެފައެއް ނުވެއެވެ.
އޭދަފުށީގައި ހުންނަ ބ. އަތޮޅު ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރަށް 1 އަހަރުފުރުން ފާހަގަކުރުމާ ގުޅިގެން ކުޅުނު މިމެޗްގައި އޭދަފުށީޓީމުން ދެލަނޑުވެސް ޖަހާފައިވަނީ ކިހާދޫޓީމުން ދެފަހަރު ލީޑުނަގާފައިވަނިކޮށެވެ. މެޗްގެނަތީޖާ އަނބުރާލުމަށް ކިހާދޫޓީމަށްވުރެ ގިނަ ފުރުސަތުތައް އޭދަފުށީ ޓީމަށް ލިބުނުނަމަވެސް އެފުރުސަތުތަކުގެ ބޭނުން އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިންނަށް މާއެދެވޭގޮތުގައި ހިފޭގޮތެއްނުވިއެވެ.
މިޒޯންގެ އަތޮޅުތަކުގެ މެދުގައި ކުޅެވޭ މިއަހަރުގެ ފުޓްބޯޅަ މުބާރާތް މިމަހުގެތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވީނަމަވެސް މުބާރާތް ފެށާދުވަހަކާ، ބައްވާތަނެއް އެފްއޭއެމުން އަދި އިއްލާނެއް ނުކުރެއެވެ. މިދިޔައަހަރު މިމުބާރާތް އޭދަފުށީގައި ބާއްވާފައިވާއިރު، 2007 ވަނައަހަރު މުބާރާތްބޭއްވީ ޅ. ނައިފަރުގައެވެ. ޔޫތުން ބުނަމުންދަނީ އޭދަފުށީގައި މިއަހަރުގެމުބާރާތް ވެސް ބޭއްވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.