އޭދަފުށީގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

ފުލުހުން އިއްޔެ ހިންގި ޓްރެފިކް އޮޕަރޭޝަންގައި ސައިކަލެއް ޗެކުކުރަނީ-- ފޮޓޯ / ޕޮލިސް
ފުލުހުން އިއްޔެ ހިންގި ޓްރެފިކް އޮޕަރޭޝަންގައި ސައިކަލެއް ޗެކުކުރަނީ– ފޮޓޯ / ޕޮލިސް

 

ބ. އޭދަފުށީގައި ޓްރެފިކް މައްސަލަތައް މަދުކުރުމަށްޓަކައި ފުލުހުން ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި އެވެ.

ރައްޔިތުންނަށް އަމާން މުޖުތަމައެއް ގާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އިއްޔެ ހަވީރު އޭދަފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މިރަށުގައި ހިންގި މި އޮޕަރޭޝަނަކީ އޭދަފުށީގެެ މަގުތަކަކީ ރައްޔިތުންނަށް އަމާން ތަނަކަށް ހެދުމަށާއި އޭދަފުށީގައި ދުއްވާ އެއްގަމު އިންޖީނުލީ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން ދުއްވަމުންދާ އުޅަނދުތަކަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި އެއްގަމުގައިދުއްވާ އިންޖީނުލީ 35 އުޅަނދެއް ބަލައިފާސްކޮށް ޗެކްކޮށް ހަދައިވާ ކަމަށެވެ. އަދި ޓްރެފިކް ގަވައިދާ ހިލާފު ވެފައިވާ 7 ފަރާތެއް ޖޫރިމަނާކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަންގެ އިތުރުންވެސް އެހެން ކުށްތަކަށް އަމާޒުކޮށްގެން އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.