އޭދަފުއްޓަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނައުމަށް މިދަނީ މަސައްކަތް ކުރަމުން: ސަލީމް

saleem_news1

އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އޭޕްރިލް މަހުގެތެރޭގައި 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގެނައުމަށް ފެނަކަ ކޯޕަރޭޝަނާއެކު މަޝްވަރާކުރަމުންދާކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް ވިދާޅުވީ އަންނަމަހު ފެނަކަ ކޯޕަރޭޝަނުން ރާއްޖެ ގެންނަ ޖަނަރޭޓަރުތަކުގެ ތެރެއިން އޭދަފުއްޓަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ފެނަކަ ކޯޕްރޭޝަންގެ އިސްވެރިންނާ މަޝްވަރާކޮށް ހަމަޖެހިފައިވާކަމަށާއި އެ ޖަނަރޭޓަރު ލިބިއްޖެ ނަމަ އޭދަފުށީގެ ކަރަންޓަގެ ހާލަތު ހައްލުވެގެން ދާނޭކަމަށެވެ.

“އަޅުގަނޑު އިއްޔެވެސް ފެނަކައިގެ އެމްޑީއާ މަޝްވަރާކުރިން ކިހާ ހިސާބަކުތޯ ޖަނަރޭޓަރު ލިބޭވަރުވާނީ. ވިދާޅުވީ މިއަންނަ ހަފްތާ ބިޑަށްލާނޭ. އަންނަމަހު އޭދަފުއްޓަށް ފޮނުވޭވަރުވާނޭ. އެހެންވީމާ އެއީ ވަރަށް ބޮޑު ހައްލަކަށް ވާނެ. އޭދަފުށީ ހައްލުވާއިރަށް ހިތާދުއަށް ދެން މާޅޮހަށް ގޮތެއް ހަމަޖައްސާދޭނަމޭވެސް އެމްޑީ ވިދާޅުވި،” އަންނަ ދައުރަށްވެސް އޭދަފުށީ ދާއިރާއަށް ކެމްޕޭން ކުރައްވަމުން ގެންދވާ ސަލީމް ވިދާޅުވި އެވެ.

3000 އަށްވުރެ ބޮޑު އާބާދީއެއްއޮތް އޭދަފުށީ އިންޖީނުގޭގައި ބޭނުންކުރާ ޖަނަރޭޓަރުތައް މައްސަލަޖެހި މިދިޔަ އަހަރު އެކި ފަހަރު މަތިން އެކިދުވަސްތަކުގައި ރަށުގެ އެކިސަރަހައްދުތަކުން ކަރަންޓް ކަނޑަންޖެހުނެވެ. މިމައްސަލަ ކުރިމަތިވުމާ ގުޅިގެން ރަށުގެ އާންމުންނާ، ވިޔަފާރިވެރިން އަދި ސަރުކާރު އޮފީސްތަކަށް އެކިކަހަލަ ގެއްލުންތައްވެސް ވަނީ ލިބިފަ އެވެ.

އޭދަފުށީ އިންޖީނުގޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އޭދަފުށީގެ މެކްސިމަމް ޑިމާންޑް މިވަގުތު ހުރީ 510 ކިލޯވޮޓްގައެވެ. އެހެންކަމުން 600 ކިލޯވޮޓަށްވުރެ ކުޑަނޫން ޖަނަރޭޓަރެއް އަވަސް މުއްދަތެއްގައި އޭދަފުއްޓަށް ގެންނަން މަޖުބޫރުވެފައިވާކަމަށް އޭދަފުށީ އިންޖީނުގެއިންވެސް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އަލީ

    މަށަށް ހީވަނީ ސަލީމް މީހުންނަށް ލާރިތައް ބެހުމަށްވުރެ މާރަގަޅުވާނެހެން ޖަނަރޭޓަރެއް ދިނިއްޔާ !

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.