ކަނޑުމަތީ އެކްސިޑެންޓެއްގައި އޭދަފުށީ މީހަކު ގެއްލިގެން ހޯދަނީ

ލޯންޗަކާއި ޑިންގީއެއް ޖެހިގެން ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި އޭދަފުށީ މީހެއް ގެއްލިގެން ހޯދަމުން އެބަދެއެވެ.

އެކްސިޑެންޓްވީ ބ. ދަރަވަންދޫން ފުރައިގެން ދިޔަ ޑިންގީއަކާއި ބ. އޭދަފުށިން ދިޔަ ލޯންޗެއް ޖެހިގެންނެވެ. ގެއްލިފައި ވަނީ ޑިންގީގައި ތިބި ތިން މީހުންގެ ތެރޭން އެކަކެވެ. އަނެއް ދެ މީހުން ވަނީ ލޯންޗަށް ނަގައިފަ އެވެ. އެކްސިޑެންޓުގައި ޑިންގީ ވަނީ އަޑިއަށް ގޮސްފަ އެވެ.

އީޓީ އަށް އެނގިފައިވާ ގޮތުގައި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ 41, އެވެ.

ޑިންގީގައި ދެން ތިބީ 42 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ގެއްލުނު މީހާ ހޯދަން ފުލުހުންގެ ލޯންޗަކާއި އާއްމުންގެ ދޯންޏެއްގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދަން ނޯދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ޑުސިޓް ތާނީ ރިސޯޓުގެ ޑައިވިން ޓީމަކާއި ދަރަވަންދޫގެ ޑައިވިން ޓީމަކުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނީ ޑައިވަރުން ދަނީ ނައިޓް ވިޝަން ކެމެރާ ބޭނުން ކުރަމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.